ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 6 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ.

ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 601010 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 133439 މީހުން ރަނގަޅު ވެފައިވާއިރު، 27432 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ.

Ad
rt

ކޮވިޑް-19 މިވަގުތަށް ،28 މާރިޗް 2020، ދިވެހިރާއްޖެ ގަޑި 13:35 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

  • ޕޮޒިޓީވް މީހުންގެ ޢަދަދު: 601010
  • މަރުވި މީހުންގެ ޢަދަދު: 27432
  • ރަނގަޅުވި މީހުންގެ ޢަދަދު: 133439

މިބަލި ޖެހުނު މީހުންގެ ޢަދަދަށް ލައްކައަށް އިތުރުވެގެން މިދިޔައީ 24 ވަރަކަށް ގަޑި އިރުތެރޭގައެވެ.

ދުނިޔޭގައި އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން، ބެލްޖިއަމް، އޮސްޓްރިއާ، ނޯވޭ، ރޫމޭނިއާ އަދި ޑެންމާކް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ބައްރު ތަކުން އީރާން، އޮސްޓްރޭލިއާ، ތުރުކީވިލާތް، ޗިލީ، ސައުތުއެފްރިކާ، އިސްރާއީލް، އިންޑޮނެޝިއާ، ރަސިއާ އަދި އިކުއެޑޯ ފަދަ ޤައުމުތަކަކީ ބަލި ފެތުރުން ހަލުވިވެފައިވާ ޤައުމުތަކެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 199 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.