ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސްއަށް މިއަދު މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ 8390 މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާއިންކަމަށާއި، މިއަދު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 601 މީހުން މަރުވި އިޓަލީ ވިލާތުން ކަމަށް ދުނިޔޭގެ މިމައުލޫމާތުތައް ހާމަކޮށްދޭ މަސްދަރުތަކުގެ ހިސާބުތަކުން ދައްކައިފިއެވެ.
މިއަދު އެންމެ ގިނައިން މިބައްޔަށް މީހުން ޕޮޒިޓިވްވި 10 ޤައުމު
- އެމެރިކާ 8390 މީހުން
- އިޓަލީ ވިލާތް4 789 މީހުން
- ސްޕެއިން 4321 މީހުން
- ޖަރުމަނު ވިލާތް 4183 މީހުން
- ފްރާންސް 3838 މީހުން
- އީރާން 1411 މީހުން
- ސްވިޒަލޭންޑް 1073 މީހުން
- އިނގިރޭސި ވިލާތް 967 މީހުން
- އޮސްޓްރޭލިއާ 886 މީހުން
- ކެނެޑާ 565 މީހުން

މިއަދު އެންމެ ގިނައިން މިބަލީގައި މީހުން މަރުވި 10 ޤައުމު
- އިޓަލީ ވިލާތް 601 މީހުން
- ސްޕޭން 435 މީހުން
- ފްރާންސް 186
- އީރާން 127
- އެމެރިކާ 89
- އިނގިރޭސި ވިލާތް 54
- ނެދަލެންޑް 34
- ޖަރުމަނު ވިލާތް 24
- ސްވިޒަލޭންޑް 20
- ބެލްޖިއަމް 13

ކުރި ހިމަނާލި 10 ޤައުމުގެ އިތުރަށް، މިބަލި މިއަދު 100 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިތުރު ޤައުމުތައް
- ނެދަލެންޑުން 545 މީހުން
- ޕޯޗްގަލްއިން 460 މީހުން
- އީސްރާއީލްއިން 371 މީހުން
- ބެލްޖިއަމްއިން 342 މީހުން
- އަޔަލެންޑުން 219 މީހުން
- މެލެޝިޔާއިން 212 މީހުން
- އިކުއެޑޯ 192 މީހުން
- ނޯވޭއިން 162 މީހުން
- ރޯމޭނިއާ 143 މީހުން
- ސައުތު އެފްރިކާ 128 މީހުން
- ތައިލޭންޑް 122 މީހުން
- ޗެޗްނިޔާއިން 116 މީހުން
- ޕޮލެންޑް 115 މީހުން
- ޗިލީ 114 މީހުން
- ސްވިޑަންއިން 112 މީހުން
- އޮސްޓްރޭލިއާ 108 މީހުން
- އިންޑިއާ 103 މީހުން
މިބަލި މިއަދު މިހާތަނަށް ދުނިޔޭގެ 36120 މީހުންނަށް އަލަށް ވަނީ ޖެހިފަވެއެވެ. އަދި މިބަލީގައި މިއަދު 1681 މީހުން މަރުވެފައިވެއެވެ.
މިވައިރަސް އަދިވެސް ހުއްޓުމެއްނެތި ފެތުރެމުންދާއިރު ދުނިޔޭގެ އެކި ބައްރުން މިއަދާއި ހަމައަށް 373550 މީހުންނަށް މިބަލިވަނީ ޖެހިފައެވެ. އަދި މިއަދާއި ހަމައަށް ދުނިޔޭން 16319 މީހުންވަނީ މިބަލީގައި މަރުވެފައެވެ. މިވައިރަސް ދުނިޔޭގެ 195 ޤައުމަށާއި، ސަރަހައްދަށް މިހާރު ފެތުރިފައިވާއިރު، މިވައިރަސް ޖެހުނު މީހުންތެރެއިން 101399 މީހުން މިހާތަނަށް މިވައިރަސްއިން ފަސޭހަވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!