ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާރިޗް 19 އިން 26 އަށް ސަރުކާރު ބަންދު ކުރައްވަން ނިންމެވުމާއި ގުޅިގެނ،ް ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޓެލިކިލާސް ޕްރޮގްރާމު މެދުކަނޑާލަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ސަމާލުކަން ދޭންވީ ދިހަ ކަމެއް އެމިނިސްޓްރީއިންވަނީ ފާހަގަ ކުރަށްވާފައެވެ.
- ދަރިވަރުން ދީނީ ކަންތަކަށް އަހުލުވެރިކުރުން.
- ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވައި ޢާއިލީ ގުޅުން ބަދަހިކުރަން މަސައްކަތް ކުރުން.
- ދަރިވަރުންގެ ސްކްރީން ޓައިމް މަދުކޮށް ގޭތެރޭގައި ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކުގައި ފިކުރީ ޚިޔާލު ތަނަވަސް ކުރެވޭނެ ކަންތައްތަކުގައި އެކުދިން ޝާމިލް ކުރުން.
- ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިކުރުން.
- ފޮތް ކިޔުމާއި ލިޔުންތެރިކަން ކުރިއެރުވޭނެ ކަންތައްތަކުގައި ދަރިވަރުން މަސްޢޫލު ކުރުވުން.
- ކުދިންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން.
- ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ދަރިވަރުންނާއި ގުޅޭ ގޮތުން އެކުދިންނާ ހިއްސާކުރުން.
- އެކަކު އަނެއްކަކަށް އަޅާލައި އޯގާތެރިވުން
- ދަރިވަރުންގެ އަމިއްލަ ކަންކަމުގައި އެކުދިން ޒިންމާ ކުރުވުން.
- ދަރިވަރުންނަށް އިޤްތިޞާދުކުރަން ދަސްކޮށް ދިނުން.
ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނުމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދެ ހަފްތާ އަށް ސްކޫލުތައް ބަންދުކޮށްފައިވާއިރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!