ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހއ. މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިއެވެ.
ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް
ކޮވިޑް-19 މާރަންދޫ ޓާސްކް ފޯހުގެ ފަރާތުން ރަށުގެ މީހުން ދިރިއުޅޭ ގޭތަކަށް ޒިޔާރަތްކޮށް ބައްޔާގުޅޭ އަދި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.

ޕޯސްޓަރު ހަރުކުރުން
ކޮވިޑް-19 މާރަންދޫ ޓާސްކް ފޯހުގެ ފަރާތުން ވަނީ ރަށުގެ މީހުން އެއްވެއުޅޭ ސަރަހައްދުތަކުގައި ބައްޔާގުޅޭ މަޢުލޫމާތު އެކުލެވޭ ޕޯސްޓަރ ހަރުކޮށްފައެވެ.

ސިއްހީމަރުކަޒު ސާފުކުރުން
ކޮވިޑް-19 އިން މާރަންދޫ ރައްޔިތުނާއި، ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން އެރަށު ސިއްހީމަރުކަޒު ވަނީ ސާފުކޮށްފައެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމަށް މުޅި ރާއްޖޭގައިދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެވެމުންނެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!