ދިވެހި ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ވީޑިއޯކުރި މައްސަލާގައި ޖަލަށްލި ބަންގްލަދޭޝްގެ އަލަމްގީރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ރާއްޖެ ނާދެވޭ ގޮތަށް ޑިޕޯޓްކޮށް, ފުރުވާލައިފި އެވެ.

ދިވެހި ފިރިހެނުންތަކަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ރެކޯޑްކުރި މައްސަލާގައި ފެންމަތިވުމުން 2022 ވަަނަ އަހަރު އަލަމްގީރްގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަކާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާތައް ސާބިތުވެ, ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމް އޭނާގެ މައްޗަށް އިއްވި އެވެ.

އެ ހުކުމް ތަންފިޒުކޮށް ނިމި، އޭނާ ޑީޕޯޓްކޮށްދިނުމަށް އެެދި އިމިގްރޭޝަންއާ ހަވާލު ކުރުމުން އޭނާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭނާއާ އެކު ގުޅުން ހިންގި މައްސަލާގައި އިތުރު އެހެން ބައެއްގެ މައްޗަށް ވެސް ޖަލު ހުކުމް އިއްވާފައިވެ އެވެ. އޭގެ ތެރޭގައި ނަން މަޝްހޫރު ބައެއް މީހުން ވެސް ހިމެނެ އެވެ.