އެމެރިކާގެ މިނިއާޕޮލިސްގެ ރަށްބޭރު ސަރަހައްދެއްގައި ދަތުރުވެރިޔަކު ދިން އަނިޔާވެރި ހަމަލާއަކާ ގުޅިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސޯމާލީ ދަރިކޮޅުގެ މުސްލިމް އޫބާ ޑްރައިވަރަކު ނިޔާވެފައިވާ ކަމަށް ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ) އިން ބުނެފިއެވެ.
އޫބަރ ޑްރައިވަރެއްކަމަށްވާ އުމުރުން 51 އަހަރުގެ މުހައްމަދު ޔޫސުފް ނިޔާވީ ހޮނިހިރު ދުވަހުގެ ހެނދުނު، ހެނެޕިން ކައުންޓީ މެޑިކަލް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.
ކެއާ އިން ނެރުނު ބަޔާނެއްގައި ބުނީ، މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު މުހައްމަދު ޔޫސުފަށް ދިން ހަމަލާގައި އޭނާގެ ކަރުގައި ސީޓުބެލްޓު އަޅުވައި ނޭވާ ހާސްކޮށް، އޭނާގެ އަމިއްލަ ކާރުން އޭނާގެ ގައިމައްޗަށް އަރުވައި، މަގުގެ ކާނުގަނޑެއްގެ ތެރެއަށް އެއްލައިލާފައިވާ ކަމަށެވެ. މި ހަމަލާގައި ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމްތަކެއް ލިބި، ފަސް ސާޖަރީއެއް ހެދުމަށްފަހު ވެސް އޭނާގެ ހާލަތު ރަނގަޅުވެފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އުމުރުން 25 އަހަރުގެ ސަމިތު އަޕޫރްވާ ޕަޓޭލްގެ މައްޗަށް ވަނީ ދެވަނަ ދަރަޖައިގެ ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާއާއި ކާރު ޖަހައިގަތުމުގެ ދައުވާ އުފުލައިފައެވެ. ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ދަތުރުވެރިޔާ ކާރަށް އެރި ވަގުތު މުހައްމަދު ޔޫސުފް އިނީ އޫބާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ކޮއްކޮއާ ފޯނުން ވާހަކަދައްކާށެވެ. އެ ވަގުތު، އޭނާއަށް 'މުހައްމަދު' ކިޔާތީ އެ ނަން ކަމުނުދާ ކަމަށް އެ ދަތުރުވެރިޔާ ބުނި އަޑު ކޮއްކޮއަށް ވަނީ އިވިފައެވެ.
ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަތުރުވެރިޔާ ބެލްޓުން މުހައްމަދު ޔޫސުފްގެ ކަރުގައި އަޅުވައި ނޭވާ ހާސްކުރަމުން ދިޔަ ވަގުތު އަދި އޭނާގެ ގައިމައްޗަށް ކާރު ދުއްވާފައި އެރުވި ވަގުތު، ސޯމާލީ ބަހުން އޭނާ ބިރުން ހަޅޭއްލަވަމުން ދިޔަ އަޑު ވެސް ފޯނުން ކޮއްކޮއަށް ވަނީ އިވިފައެވެ.Somali-American Uber driver Mohamed Yusuf, 51, has died two weeks after being brutally attacked by a passenger in Minnesota, USA. On 14 November, Yusuf was working as an Uber driver when his passenger, identified as 25-year-old Samit Apurva Patel, allegedly asked him his name. After Yusuf replied "Mohamed", Patel reportedly responded: "I don't like that name." According to court documents, Patel then allegedly strangled Yusuf using his seatbelt, dragged him from the vehicle, ran him over with his own car and abandoned him in a roadside ditch. Yusuf suffered catastrophic injuries, including broken ribs, a fractured leg, spinal damage, collapsed lungs and severe internal bleeding. Despite undergoing multiple surgeries and fighting for his life for two weeks, he died on 28 November. Patel was initially charged with attempted second-degree murder and carjacking. Following Yusuf's death, prosecutors are expected to pursue a murder charge. Yusuf leaves behind his wife and five children. His family and Muslim civil rights organisations believe he was targeted because of his Muslim name and identity. Prosecutors have said there was insufficient evidence to establish a bias motive beyond reasonable doubt. May Allāh have mercy on Mohamed Yusuf, grant him Jannatul Firdaus and give his family strength and patience during this devastating time.
— • (@Alhamdhulillaah) November 28, 2026
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކެއާ-މިނެސޯޓާގެ އެގްޒެކެޓިވް ޑިރެކްޓަރު ޖައިލާނީ ހުސައިން ވިދާޅުވީ، މުހައްމަދު ޔޫސުފްގެ ވަކިވެދިއުމަކީ އެ މުޖުތަމައަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
"އަޅަމެން މިލްކުވެގެންވަނީ މާތް ﷲ އަށެވެ. އަދި އެނބުރި ރުޖޫއަވުން ވަނީ ވެސް އެކަލާނގެ ހަޟްރަތަށެވެ. މުހައްމަދު ޔޫސުފް ވަކިވެދިއުމުން އަޅުގަނޑުމެންގެ ހިތްތައް ވަނީ ކުދިކުދިވެފައެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައަށް ވަރަށް ސިހުން ގެނުވި އަދި ވޭންދެނިވި ވަގުތެކެވެ. އޭނާގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ. އަދި އިންސާފު ހޯދުމަށް އާއިލާއިން ކުރާ މަސައްކަތުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނަމެވެ،" ޖައިލާނީ ވިދާޅުވިއެވެ.
މުހައްމަދު ޔޫސުފްގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު މުސްތަފާ އުސްމާން ބުނެފައިވާ ގޮތުގައި، އޭނާގެ ބައްޕައަކީ 1993 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކޮށް، ޑްރައިވަރެއްގެ ގޮތުގައި އެތައް އަހަރަކު ހިދުމަތްކުރި މީހެކެވެ. މި ހަމަލާއާ ގުޅިގެން މިނެސޯޓާގެ ސޯމާލީ ދަރިކޮޅުގެ މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، މިނެސޯޓާއަކީ އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ސޯމާލީ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދެވެ. އަދި އެމެރިކާގައި މުސްލިމުންނާއި ސޯމާލީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އިސްލާމޮފޯބިއާއާއި ނަފުރަތުގެ ސިޔާސީ ބަސްމަގު އިތުރުވަމުންދާ ކަމަށް އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް އަންނަނީ އިންޒާރު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!