ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު އޮނަރަބަލްގެ ލަގަބު ބޭނުންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާގައިވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަން ޖެހޭނެ ކަމަށެވެ.

Ad
rt

އެހެން ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނާ މުހާތަބު ކުރާއިރު ބޭނުން ކުރަންޖެހެނީ މަގާމުގެ ނަމާއެކު އަލްއުސްތާޒު ނުވަތަ އަލްއުސްތާޒާ ނުވަތަ ޑޮކްޓަރުގެ ލަގަބު ކަމަށް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވާހަކަ ދައްކާއިރު އެ ލަގަބުތައް ބޭނުން ކުރަން ޖެހޭނެ އެވެ.

ޖޭއެސްސީން ކުރިން އަންގާފައި އޮތްގޮތުން ހަމައެކަނި ބޭނުންކުރަނީ އެ ބޭފުޅެއްގެ މަގާމުގެ ނަމެވެ.