ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން، އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Ad
rt

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވެސް ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި މި ކުނިތަކުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވާ ގޮތެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އެ ސަރަހައްދުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނައިރު، އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ.