ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރެއް ފެންނަ ފޮޓޯއެއް ދެއްކި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށް، އެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފެންމަތިވެފައިވަނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގައި ކަމަށެވެ. އެ ފިހާރައިގެ ބިލްބޯޑެއްގައި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި ކަމުގެ މައުލޫމާތު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

Ad
d

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 29 ވަނަ ދުވަހުގެ ރޭ ދަންވަރު 03:23 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ވިނަރެސް ފްލެޓް ސަރަހައްދުގައި ހުރި އެ ފިހާރައިގެ ބޯޑުން ފެނުނު އެ މަންޒަރާ ގުޅިގެން ފުލުހުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ފުލުހުން ބުނީ ފިހާރައިގެ ބިލްބޯޑުގައި މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު އެ އިދާރާއިން ގެންދަނީ އިތުރަށް ބަލަމުން ކަމަށެވެ.

Ad
df

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.