ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކާއި، ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ފުރިހަމައަށް ހޯދައިފިއެވެ.

މިއާއެކު، ބައިނަލްއަޤްވާމީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މުހިންމު ކަނޑުގެ މަގުތަކަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.

Ad
rt

އީރާނުގެ އައިއާރުޖީސީ ކޮމާންޑަރުންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ 18 ގަޑިއިރުގެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައި، ހޫތީ ބާރުތަކުން ވަނީ ތިހާމާ އައްސޭރިފަށުގެ ސަރަހައްދުގައި ސަރުކާރުގެ ކޮންޓްރޯލް އޮތް ބިންތައް ހިފައި، ރަތްކަނޑުގެ އައްސޭރިފަށުން ފެށިގެން ބާބުލް މަންދަބާ ހަމައަށް ވާސިލުވެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހޫތީން ވަނީ ސްޓްރެޓެޖިކް ގޮތުން މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ މޯޚާ ހިފައި، އެ ސަރަހައްދުގައި ތިބި ޔަމަނުގެ ސިފައިން ބޭރުކޮށްފައެވެ. އަދި ބާބުލް މަންދަބް ކަނޑުއޮޅިއާ 50 އާއި 75 ކިލޯމީޓަރާ ދެމެދުގެ ދުރުމިނަކަށް އެ ފަރާތްތަކުން ވަނީ ކުރިއަރާފައެވެ.

މީގެއިތުރުން، ދެކުނަށް ދަތުރުކޮށް ޛުބާބު އަދި މުރާދު ފަދަ ސަރުކާރުގެ ބާރުގެ ދަށުގައި ހުރި އެންމެ ފަހުގެ އައްސޭރިފަށުގެ ސަރަހައްދުތައް ވެސް ވަނީ ހޫތީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ހޫތީންގެ ކަނޑުގެ ލަޝްކަރުން ވަނީ މައްޔޫން (ޕެރިމް) އައިލެންޑާއި ޒުޤާރު އައިލެންޑުގެ ކޮންޓްރޯލް ހޯދައި، ބާބުލް މަންދަބް ކަނޑުއޮޅީގެ އެންމެ ހަނި ސަރަހައްދުގައި ބާރު ގަދަކޮށްފައެވެ.