ށ. ފޯކައިދޫ ކައުންސިލްގެ މެނިފެސްޓޯގައިވާ ވަޢުދާ އެއްގޮތަށް، މި ދައުރުގެ ކައުންސިލަރުން މަޤާމާ ޙަވާލުވި ފަހުން އެ ރަށަށް ނިސްބަތްވެ އަލަށް އުފަންވި ހުރިހާ ކުދިންނަށް "ކައުންސިލްގެ ގިފްޓް ވައުޗަރ" ހަވާލުކޮށްފިއެވެ.
ފޯކައިދޫ ކައުންސިލުން ބުނި ގޮތުގައި، މި ވައުޗަރތައް ހަވާލުކޮށްފައި ވަނީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެދުވެރިކޮށެވެ.
މި ހަދިޔާއަކީ ތުއްތު ދަރިފުޅު މި ދުނިޔެއަށް އުފަންވުމުގެ އުފަލުގައި، އެ ޢާއިލާއަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކިޔާ ހޫނު މަރުޙަބާއެއްގެ އިތުރުން ދެވޭ ޚާއްޞަ ހަދިޔާއެއްކަމަށް އެ ކައުންސިލުން ބުނެފަވެއެވެ.
މީގެއިތުރުން، ރަށުގެ މުސްތަޤްބަލު ކަމުގައިވާ ލޯބިވާ ތުއްތު ކުދިންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމަކަށް އަބަދުވެސް އެދޭ ކަމަށާއި، އެ ކުދިންގެ ޞިއްޙަތާއި ޚުލްޤުގައި ބަރަކާތް ލައްވައި، ޞާލިޙު ދަރިންތަކެއްގެ ގޮތުގައި ބޮޑުވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަށް ވެސް ކައުންސިލުން ވަނީ ދުޢާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!