ށ.މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އިން އިންތިޒާމްކޮށްގެން އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ މާއުނގޫދޫގެ އަންހެން ބޭފުޅުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އެކުވެރިކަމާއި އިޖްތިމާޢީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އެ ކޮމިޓީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި އެރަށުގެ ޖުމްލަ 68 އަންހެނަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގައި ދުވާލަކު ތިން ކްލާސް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ދާނީ ތިން ހަފްތާގެ މުއްދަތަކަށް ކަމަށް ވެސް ކޮމިޓީން ހާމަކޮއްފައިވެއެވެ.
މާއުނގޫދޫގެ އަންހެންބޭފުޅުންގެ އެންމެ ބޮޑު އެދުމަކަށްވި އެރޮބިކްސް ކަސްރަތަށް ޚާއްސަ މެގާ ކްލާސްތަކެއް މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާނެއެވެ.
ތިން ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ކުރިއަށްގެންގޮސްދެނީ ޝޭޕް ފިޓްނަސް ސެންޓަރުގެ އިންސްޓްރަކްޓަރު، އަލްފާޟިލާ ޙަބީބާ އަޙްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!