ހއ. މާރަންދޫގައި މިދަުވަސްވަރު ހުވަނި ގިނަވެފައިވާތީ، ރައްޔިތުން ސަމާލުވާން އެ ރަށު ކައުންސިލުން އެދެފިއެވެ.

އެކައުންސިލުން މިއަދު މީސް މީީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާރަންދޫގެ އެކި ސަރަޙައްދުތަކުގައި ހުވަނި ގިނަވުމާގުޅިގެން، އާންމު ރައްޔިތުން ދިރިއުޅޭ ގެތަކާއި، އާންމުން އެއްވެ އުޅޭ މައިޒާންތަކަށް ހުވަނީގެ އަސަރު ކުރަމުންދާކަމަށެވެ. އެފަދަ ތަންތަނަށް ދާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮއްފައިވެއެވެ.

Ad
rt

އެރަށުން ހުވަނި ނައްތާލުމަށްޓަކައި ހުވަނި ބޭސް ހޯދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން ދާކަމަށް ވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.

ހުވަންޏަކީ، ބައެއް ދުވަސްވަރު ރާއްޖޭގެ އެކި ރަށްރަށުން އާންމުގޮތެއްގައި ފެންނަ ނުރައްކާތެރި ސޫތްޕެކެވެ. ހުވަނި ހެފުމުން ނުވަތަ އޭގެ ކެހެރިތައް ޖެހުމުން، ދިލަނަގައި، ރަތްވެ، ފިތްތަކެއް ނަގައެވެ. އޭގެ ކެހެރިތަކުގައި ހުންނަ ވިހަ މާއްދާގެ ސަބަބުން އެލަރޖިކް ރިއެކްޝަނެއް އުފެދި، ބައެއް ފަހަރު ވަރަށް ނުރައްކާވެގެން ދެއެވެ. ހުވަނި ޖެހުމުން، މުޅި ހަށިގަނޑަށް އެލަރޖިކްގެ އަސަރު ފެތުރި، ނޭވާލާން އުނދަގޫވެ، ހުންނަ އައުންފަދަ ޙާލަތްތައް މެދުވެރިވުން އެކަށީގެންވެއެވެ.

އެހެންކަމުން ހުވަނިން ރައްކާތެރިވުމަކީ ޞިއްޙީގޮތުންވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.