ށ.ފޯކައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މކ) އިން، ޖަމާޢަތްތެރިކަމުގެ ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް، ޚާއްސަ ޕްރޮގްރާމެއް ހިންގަން ތައްޔާރުވެއްޖެއެވެ.

ދީނީ އަދި އިޖްތިމާޢީ ނުހަނު މުޙިންމު ޚިދުމަތެއް ކަމުގައިވާ ޖަމާޢަތްތެރިކަމުގެ (ކަށުކަމާކެމީގެ) ކަންކަން ދަސްކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ދެ ޖިންސްގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފައިވާކަމަށް ފޯކައިދޫ އތމ ކޮމިޓީއިން މަޢުލޫމާތު ދެއްވިއެވެ.

Ad
d

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި 02 ސެޕްޓެމްބަރު 2026ގެ 14:00ގެ ކުރިން އެ ކޮމިޓީގެ ނަންބަރު 9881445 އަށް މެސެޖްކުރެއްވުމަށް އެ ފަރާތުން އެދެއެވެ.

އޭގެ އިތުރުން ބައިވެރިވުމަށްޓަކައި، ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރާއި ފޯނު ނަންބަރު ހިމަނައި، އައިޑީކާޑުގެ ކޮޕީ، ވައިބަރ ކުރުމަށް ވެސް އެ ކޮމިޓީން އެދިފައިވެއެވެ.

Ad
df

އެ ކޮމެޓީން ވަނީ މިއަހަރު ވަރަށް ފުރިހަމަ މަދަހަ މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ކާމިޔާބު ޕޭސްޓްރީ ކޯހެއް ވެސް ވަނީ ހިންގާފައެވެ.