ހދ.މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026"ގެ ގުރުއަތުލުމުގެ ހަރަކާތް ބާއްވަން ނިންމައިފިއެވެ.

މަކުނުދޫ ކައުންސިލުން މި މުބާރާތް ރާވާ އިންތިޒާމް ކުރުމަށް ހަވާލުކޮށްފައިވާ، ކިމްސް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ 8:30 އެވެ. ގުރުއަތުލުން އޮންނާނީ އެ ރަށު ކާނިމާލަމުގައެވެ.

Ad
rt

މި ހަރަކާތަށްފަހު، މުބާރާތުގެ މެޗްތަކުގެ ޝެޑިޔުލް އާންމުކުރާނެ ކަމަށް ވެސް ކިމްސް މޯލްޑިވްސްއިން ބުނެއެވެ.

ކިމްސް މޯލްޑިވްސްގެ އޯނަރ ކާމިލް އަޙްމަދު "ތިލަދުން"އަށް ވިދާޅުވީ، ދެ ޖިންސަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ އިންތިޒާމީ އެންމެހައި ކަންކަމާއި މުބާރާތުގެ ހިންގުމުގެ ފުރިހަމަ މަސްޢޫލިއްޔަތާއި ޒިންމާ ނަގާނީ ކިމްސް މޯލްޑިވްސްއިން ކަމަށެވެ.

އޭގެ އިތުރުން މި މުބާރާތްތަކުގެ ތާވަލު އެކުލަވާލުމާއ،ި މެޗްތައް އިންތިޒާމްކޮށް ހިންގުމާއި، މުބާރާތުގެ ރެފްރީންނާއި އޮފިޝަލުންގެ ކަންކަން ހަމަޖައްސެމުގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ، މާކެޓިންގ އަދި މީޑިއާ ކަވަރޭޖްގެ އެންމެހައި މަސައްކަތްތައް ރާވައި، މުބާރާތް ބޭއްވުމަށް ބޭނުންވާ ދަނޑާއި ވަޞީލަތްތައްް ތައްޔާރު ކުރުމުގެ ފުރިހަމަ ޒިންމާ ނަގާނީ، ވެސް ކިމްސް މޯލްޑިވްސްއިން ކަމަށް ކާމިލް މަަޢުލޫމާތު ދެއްވިއެވެ.