ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" އަންނަ ސެޕްޓެމްބަރު 15 ގައި ފަށަން ތާވަލުކޮށްފިއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް މަކުނުދޫ ކައުންސިލުން "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައ،ި މި އަހަރުގެ މުބާރާތް ހިންގުމަށް ބިޑް ކާމިޔާބު ކޮއްފައިވަނީ "ކިމްސް މޯލްޑިވްސް"އެވެ.
ކިމްސް މޯލްޑިވްސް އިން "ތިލަދުން"އަށް މައުލޫމާތު ދިން ގޮތުގައި "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2026 ގައެވެ. އަދި މި މުބާރާތުގެ ހުރިހާ ކަމެއް ވެސް އިންތިޒާމްކޮށް، ބަލަހައްޓާނީ ކިމްސް މޯލްޑިވްސްއިން ކަމަށް އެ ފަރާތުން މައުލޫމާތުދިނެވެ.

"މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ރާވާ ހިންގަން ކިމްސް އާއި މަކުނުދޫ ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: މަކުނުދޫ ކައުންސިލް
ދެ ޖިންސަށް ވެސް ބައިވެރިވެވޭ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވެއެވެ.
ފިރިހެނުންގެ ޓީމްތަކުގެ ތެރޭގައ ހިމެނެނީ:
- ބިއްލެޑޭ އެފް ސީ
- ޗެލެންޖާސް ސްޕޯޓްސް ކްލަބް
- ރޯނު އެފް ސީ
- އިހްވާން އެފް ސީ
- ރާޅު
- ދަގަތަ އެސް ސީ
އަންހެނުންގެ ޓީމްތަކުގެ ތެރޭގައި ހިމެނެނީ:
- ޒައިޒީ ޗެލެންޖަރސް
- ރޯނު ކަނބަލުން
- ހޭޅި
- އިހްވާން ލޭޑީސް
- އިހްވާން ޖޫނިއަރސް
- ދަގަތަ އެފް ސީ
މުބާރާތުގެ ޗެމްޕިއަންޓީމަށް ފިރިހެން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ގޯލްޑް މެޑަލްއެވެ. މުބާރާތުގެ ޗެމްޕިއަން އަންހެން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ގޯލްޑް މެޑަލްއެވެ.
އޭގެއިތުރުން މުބާރާތުގެ ދެވަނަ ފިރިހެން ޓީމަށް 15،000ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ސިލްވަރ މެޑަލް ދިނުމަށް ކަނޑައަޅާފައިވާއިރު،
މުބާރާތުގެ ދެވަނަ އަންހެން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5،000ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ސިލްވަރ މެޑަލްއެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ 24 ސެޕްޓެމްބަރ 2026ގައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!