ހއ.ހޯރަފުށީގައި ތާރު އަޅައިގެން ތަރައްގީކޮށްފައިވާ މަގުތަކަށް އަރާފަައި ހުރި ވެލިތައް ފެންޖަހައި ހަފުތާއަކު ދެ ދުވަހު ސާފުކުރުމުގެ މަސައްކަތްކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރުދުވަހުގައެވެ.

Ad
rt

މި ކަމާގުޅިގެން، ރައްޔިތުން ސަމާލުކަންދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހޯރަފުށީ ކައުންސިލުން އާއްމުކޮށްފައިވެއެވެ.

އެ ގޮތުން ވެލި ސާފުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންކުރާ ވެހިކަލްތަކަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް، ކައުންސިލުން އިލްތިމާސްކޮއްފައިވެއެވެ. އަދި ފެނުގެ އަސަރުކޮށް ހަލާކުވެދާނެ ނުވަތަ ގެއްލުން ވެދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް މަގުމަތީގައި ހުރި ނަމަ އެ އެއްޗެހި ނެގުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ.

އޭގެއިތުރުން އެ ދުވަހެއްގައި ސާފުކުރުމަށް ހަމަޖެހިފައިވާ މަގެއް ސާފުކުރެވޭނީ، ދުއްވާ އެއްޗެއްސަށް ނުވަދެވޭނެ ގޮތަށް މަގު ބަންދުކޮށްގެން ކަމަށް ވެސް އެ ކައުންސިލުން ރައްޔިތުންނަށް މައުލޫމާތުދީފައިވެއެވެ.