މަމްސް އެއިޑް ގެ "އެވްރީ ވުމަން" ކެމްޕެއިންގެ ދަށުން، ށ. މިލަދުންދޫގައި ކުރިއަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ނިންމާލުން، ފޮޓޯ: ޔުމްނާ

Ad
rt

މަމްސް އެއިޑާއި މިލަންދޫ ކައުންސިލް އިދާރާ ގުޅިގެން، އިންތިޒާމްކޮއްފައިވާ މި ކޯސް ޚާއްޞަކޮއްފައިވަނީ، އެކަނިވެރި މައިންނަށާއި، ވަޒީފާއަށް ނުދާ މަންމައިންނަށެވެ. މި ކޯހުގެ މަޤްޞަދަކީ، އެކަނިވެރި މައިންނާއި، ވަޒީފާއަށް ނުދާ މަންމައިން، ގޭގައި ތިބެގެން އާމްދަނީ ހޯދާނެ ގޮތްތައް ފަހި ކޮއްދިނުމެވެ.

މި ކޯހުގައި ކިޔަވައިދެއްވި މުދައްރިބް، މަމްސް އެއިޑްގެ މިލަންދޫ ގޮފީގެ އެޑްމިން އަދި "ޔުމްސް ޑިލައިޓް"ގެ އޯނަރ ހައްވާ ޔުމްނާ "ތިލަދުން"އަށް ވިދާޅުވީ، މި ކޯހުގައި، ކޭކު އެޅުމުގެ އެންމެ ބޭސިކްއިން ފެށިގެން، މި ކަން ކުރާނެ އުކުޅުތަކާއި، ކޭކެއް ވިއްކާލަން ބާޒާރަށް ނެރެވޭނެ މިންވަރަށް ބައިވެރިންނަށް އެ މަސައްކަތް، ދަސްކޮއްދީފައި ވާނެކަމަށެވެ.

މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯހުގެ ބައެއް މަސައްކަތްތައް، ފޮޓޯ: ޔުމްނާ

އެއްވެސް ފީއަކާ ނުލައި ކުރިއަށް ގެންދެވުނު މި ކޯހުގައިި، ބައިވެރިވި 10 މަންމައިންނަށް ސެޓްފިކެޓް ދީފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަމްސް އެއިޑްއިން މި ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވާއިރު، ކޯސް ހިންގުމުގައި މިލަންދޫ ކައުންސިލުން، ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ޔުމްނާ ވަނީ މަމްސް އެއިޑްގެ ފަރާތުން މިލަންދޫ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.

މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯހުގެ ތެރެއިން، ފޮޓޯ: ޔުމްނާ

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ 15 އޯގަސްޓްއިން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.