އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ "އުރީދޫ މަސްރޭސް 2026" މި ހުކުރު ދުވަހު ކ. މާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މަސްރޭހުގައި ވާދަކުރުމަށް މުޅިއެކު 16 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއީ ވަރަށް ފޯރިއާއެކު ކުރިއަށްދާނެ ކަމަށް ބެލެވޭ މުބާރާތެކެވެ.

Ad
d

މި މުބާރާތުގައި ވަނަތަކަށް އަންނަ ޓީމުތަކަށާއި ވަކިވަކި ފަރުދުންނަށް ދިނުމަށް ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގެ އެއްވަނައަށް ހޮވޭ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ހޮވޭ ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ޓީމަށް ދިނުމަށް ކަނޑައަޅާފައިވަނީ 5،000 ރުފިޔާއެވެ.

މީގެ އިތުރުން ވަކިވަކި ފަރުދުންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، އެންމެ މޮޅު ފިރިހެން މަސްވެރިޔާ، އެންމެ މޮޅު އަންހެން މަސްވެރިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަށްވެސް އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. މި ކޮންމެ ކެޓަގަރީއަކުން ވަނަ ހޯދާ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
df

އުރީދޫ މަސްރޭހަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ސަގާފީ މަސްވެރިކަމުގެ ހުނަރުތައް ދިރުވައި އާލާކުރުމަށާއި، މި ދާއިރާއަށް އޮންނަ ލޯބި ދެމެހެއްޓުމުގެ މަތިވެރި މަގުސަދުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ އާންމުން އަބަދުވެސް ވަރަށް ބޮޑު ތަރުހީބަކާއި ފޯރިއަކާއެކު ބައިވެރިވަމުން އަންނަ މުހިންމު އިޖުތިމާއީ ހަރަކާތެކެވެ.