ށ. ކޮމަންޑޫގައި ހޯމް ގާޑަނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ޢަަމަލީ މަސައްކަތްތައް ކުރިއަށް ގެންދަނީ، ކޮމަންޑޫ ސްކޫލްގެ ގޯތިތެރޭގެ ސަރަޙައްދެއްގައިކަމަށް ކޮމަންޑޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

Ad
d

ކޮމަންޑޫ ކައުންސިލްގެ ސެކްޓްރީ ޖެނެރަލް، ޙަމްދާ އަޙްމަދު "ތިލަދުން "އަށް ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމްގެ ތެރެއިން، ރެޑިޝް، ޒުކިނީ އަދި ސްޕިނެޗްގެ އިތުރުން ކާމަރަނގަ ފަދަ ފައިދާ ހުރި ކާނާ، އިންދާފައި ވާނެކަމަށެވެ.

ކޮމަންޑޫ ފަދަ ބިން ކުޑަ ރަށެއްގައި ހޯމްގާޑަނިން ޕްރޮގްރާމެއް ބޭއްވުމަކީ މުޙިއްމުކަމެއް ކަމުގައި ދެކިލައްވާ ކަމަށާއި، މި ޕްރޮގްރާމަށްފަހު، ނިޔުޓްރިޝަން ލިބޭ ކާނާ ތައްޔާރު ކުރަން ދަސްކޮއްދޭ ޕްރޮގްރާމެއް އެ ރަށުގައި ހިންގުމަކީ ކައުންސިލްގެ އުއްމީދެއް ކަމަށް ޙަމްދާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީސް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި. ކޮމަންޑޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ހޯމްގާޑަނިން ޕްރޮގްރާމަށް ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

Ad
df