ށ. ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދުމަށް އެ ރަށު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބަނދަރު ބެލެހެއްޓުމަށް އަލަށް އެކުލަވާލާ އުޞޫލަކީ، ރަށުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން އެކުލަވާލާ އުޞޫލަކަށް ހެދުމެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވަނީި ތިން ކަމަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ބަދަރު ބެލެހެއްޓުމުގެ އުޞޫލާއި ގުޅޭ މަޢުލޫމާތު އޮޑިވެރިންނާ ހިއްސާކޮށް، އޮޑިވެރިންގެ ޚިޔާލާއި ކަންބޮޑުވުން ހުށަހަޅައި ބަނދަރު ބެލެހެއްޓުމަށް ހުރި ދަތިތަކަށް ޙައްލު ހޯދާނެ ގޮތާމެދު މަޝްވަރާ ކޮއްފައިވެއެވެ.
ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދުމަށް އެ ރަށު ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ފޯކައިދޫ ކައުންސިލް
ބަނދަރުގައި އުޅަނދު ފަހަރު އެޅުމާއި މުދާ އަރުވާ ބޭލުމުގެ އަމަލު ކުރާނެ ގޮތްތަކާއި ބަނދަރުގެ ސާފުތާހިރުކަން ދެމެހެއްޓުމާ ގުޅޭ ތަފްސީލީ މަޢުލޫމާތު ކައުންސިލުންވަނީ އޮޑިވެރިންނާ ހިއްސާ ކޮއްފައެވެ. އޭގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކާއި، ޖާގައިގެ ދަތިކަމަށް އޮތް ޙައްލުތަކާ ގުޅޭގޮތުން އޮޑިވެރިންގެ ބިނާކުރަނިވި ޚިޔާލުތައް ހުށަހަޅާފައިވެއެވެ. އަދި އުޅަނދުފަހަރު ގާތްކުރުމުގައި ދިމާވާ ދަތިތަކާއި، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރެވިފައެވެ.
ފޯކައިދޫ ކައިންސިލްގެ އަމާޒަކީ އެންމެންނަށް ފަސޭހަ، ތަރުތީބު އަދި ރައްކާތެރި ބަނދަރެއް ބެލެހެއްޓުންކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!