2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދަ ބިންގަލެއް އެޅުމެވެ.
ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއަކީ ކޮންމެ އަހަރެއްގެ އޯގަސްޓް 1 އިން 7 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ހަފްތާއެކެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ޔުނިސެފް، ސަރުކާރުތައް، ސިއްހީ ހިދުމަތްތެރިން އަދި އެކިއެކި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު، ގާތުން ކިރުދިނުމަށް ބާރުއެޅުމަށާއި މުޅި ދުނިޔޭގައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތު ރަނގަޅުކުރުމަށް ހިންގޭ ބައިނަލްއަގުވާމީ ކެމްޕޭނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!