އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ހުށަހަޅާފައިވާ ބޮޑު އިނާމު ކަމަށްވާ ހައްޖު ދަތުރުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން މި މަހުގެ ތެރޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
މިދިޔަ އަހަރު ފެށި މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދެމުން އަންނައިރު، ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 16 އުމްރާ ދަތުރުގެ ނަސީބުވެރިން މިހާރު ވަނީ ހޮވާފައެވެ. މި ޕްރޮމޯޝަނުގެ 20 ވަނަ ނަސީބުވެރިޔާއަށް ހުށަހަޅާފައިވާ އެންމެ ބޮޑު އިނާމަކީ ހައްޖު ދަތުރެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މިހާރު ބާކީ އޮތީ 10 ދުވަހެވެ.
ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ގޮތް
މި ޕްރޮމޯޝަންގައި އުރީދޫގެ މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށްވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ބޭނުންކޮށްގެންނެވެ. އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނީ 400 ރުފިޔާއިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރުކުރުމުންނެވެ.
މީގެ އިތުރުން، ފާއިތުވި 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްފައިވާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަނަކީ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
އުރީދޫން ބުނި ގޮތުގައި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި، އެއީ ކަސްޓަމަރުންނަށް ވެފައިވާ ވައުދެކެވެ. ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!