ހައްދުފަހަނައެޅި ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި ޔަހޫދީންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފި އެެވެ.

ދިވެހިރާއްޖޭން މިކަމަށް ގޮވާލީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގަ އެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

Ad
rt

ޑރ. ސަލްމާގެ ވާހަކަފުޅުގައި ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ. އަދި ހުރިހާ އިންސާނީ ހައްގަކީ އެއް ހައްގު އަނެއް ހަޙައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާއިރު އެކަމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހުރިހާ ގައުމުތަކުން ގުޅިގެން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރުމަށާއި ދުނިޔޭގެ ހަމަޖެހުން ނަގާލަން ޔަހޫދީން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް ދާއިމީ މަންދޫބު ޑރ. ސަލްމާ ގޮވާލެއްވި އެވެ.

އިސްރާއީލުން ޒަމާނުއްސުރެ ފަލަސްތީނުގެ ބިންތައް ބޭފި ދިގު ދެމިގެންދާ އަނިޔާވެރިކަން އިސްކޮށްފައިވާއިރު، ލުބްނާނުގެ ބިންތައް ފޭރިގަންނަން ވެސް މިހާރު ވަނީ ނިންމާފައެވެ. އަދި އީރާނާ ދެކޮޅަށް ދެވަނަ ހަނގުރާމައެއް ފަށައި މުޅި މެދުއިރުމަތި ވަނީ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލާފައެވެ.

އިސްރާއީލުން ކެނޑިނޭޅި ބައިނަލްއަގްވާމީ ޤާނޫނުތަކަށް ގޮންޖަހައި އަނިޔާވެރިކަން އިސްކޮށްފައިވާއިރު، އެ ގައުމުގެ އެންމެ ބޮޑު މަދަދުވެރިޔާ އެމެރިކާ އާއި، މަދަދުދޭ ހުޅަނގުގެ ދައުލަތްތަކުގެ އެހީގައި އަންނަނީ ހިމާޔަތް ހޯދަމުންނެވެ.