އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ދެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު މިއަދު މެދު ހެންވޭރު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި އެވެ.
މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންނެވިއެވެ.
މިއަދުގެ ހަރަކާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންޑިޑޭޓުންނާއެކު އެ ސަރަޙައްދުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައިފައެވެ.
މެދުހެންވޭރު ދޮރުން ދޮރަށް ހަރަކާތް ނިންމާލީ، ކޮންގްރެސް ޕާޓީގެ މައި އޮފީހާ ހަމައިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދޮރުން ދޮރަށް ހަރަކާތް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. .
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!