ކުޅުދުއްފުށީ ސިޓީގައި ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހިންގަން ނިންމައި އެކޯހުގައި ބައިވެެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހދ. އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯސް ހިންގަނީ "ހޭންޑްބޯލް މޯލްޑިވްސް" އެސޯސިއޭޝަނާއި ކުޅުދުއްފުށި ކައުންސިލް ގުޅިގެންނެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ކޯސް ހިންގަން ހަމަޖައްސާފައިވަނީ މިފެށޭ މާރިޗް މާރޗް 2 އިން 6 އަށެވެ.
މިކޯހުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 01 މާރިޗް 2020 ވަނަ ދުވަހުގެ 12:00 ކުރިން، އެކަމަށް ފުރުޞަތު ހުޅުވާލާފައިވާ ޢިއުލާންގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވައި، ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!