ހއ. ވަށަފަރު ފަޅުތެރޭ އޮންނަ "ކަނޑާލިފިނޮޅު"، އެރަށުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ނިންމެވުމާއެކު ކަނޑާލިފިނޮޅަކީ މިހާރު ވަށަފަރުގެ އިދާރީ ދާއިރާގެ ބައެކެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ކަނޑާލިފިނޮޅު ވަށަފަރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ނިންމެވީ ހއ. ވަށަފަރުގެ ރައްޔިތުން އެކަމަށް އެދިފައިވާތީ، އެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
މި ބަދަލާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސްގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމަނައިފައިވާ ލިސްޓު މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.
މި އިޞްލާޙުކުރެވުނު ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!