ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އިއްވަވާ ރިޔާސީ ބަޔާން އަޑުއެއްސެވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވަނީ މާދަމާ، 05 ފެބުރުއަރީ 2026 ގައެވެ.

Ad
rt

މެމްބަރު ޝަރީފް ވިދާޅުވީ، ފާއިތުވެގެން މި ވޭތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މާދަމާގެ ބަޔާނުގައި އެ ކަންކަމުގެ ތަފްސީލާއި، ކުރިއަށް އޮތް އަހަރަށް ސަރުކާރުން ރާއްވަވާފައިވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ހިމެނޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިބަޔާން އަޑުއެއްސެވުމަށް އަޅުގަޑުގެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ،" ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ، ޤައުމުގެ ޙާލަތާއި ކުރިމަގުގެ ތަޞައްވުރު ރައްޔިތުންނާ ހިއްސާކުރައްވާ އެންމެ މުހިންމު އެއް މުނާސަބަތެވެ. މި ބަޔާނާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދާނެއެވެ.