ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކުރީގެ ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު އަބުދުލްގައްޔޫމް ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުއްޖެއެވެ.

ރައީސް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.

Ad
rt

ރައީސްގެ ޕޯސްޓްގައި ވަނީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވާފައެވެ.

އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލް ފަރުވާދެމުން ދަނިކޮށް ރޭގައެވެ.

ފައްތާހުގެ މައްޗަށް ކަށުނަމާދު ކޮށްފައި ވަނީ ރޭ ފަތިސްނަމާދަށްފަހު އެރަށު މަސްޖިދުއް ޣުފްރާން (ހުކުރު މިސްކިތް)ގައެވެ. އަދި އެއަށްފަހު ޖަނާޒާ ބާއްވާފައި ވަނީ އެރަށު ދެކުނު ސަހަރާގައެވެ.

އްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ގައުމީ އިނާމު ހާސިލުކޮށްފައެވެ. އަދި ފިލްމީ ދާއިރާއިން އެކި އަހަރުތަކުގައި އެންމެ މޮޅު ޑައިރެކްޓަރުގެ އިތުރުން އެޑިޓިން އަދި ސްކްރީންޕްލޭ ފަދަ ގިނަ އެވޯޑުތަކެއް އޭނާ ވަނީ ހޯދާފައެވެ.