ރައީސް ޑ. މުހައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވައްވަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުކުރެއްވުން އޮންނާނީ ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، މާލޭ ސޯޝަލް ސެންޓަރުގައި ކަމަށެވެ.

Ad
rt

މި ބައްދަލުކުރެއްވުމަކީ، ރައީސް މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވައި، އަދި ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށްޓަކައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއްކަމަށް ވެސް ހީނާވިދާޅުވިއެވެ.

ހީނާ ވަނީ، 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި އޮންނަ މި ބައްދަލުކުރެއްވުމުގައި ބައިވެރިވުމަށް ދިވެހި ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.

މި ބައްދަލުވުމަކީ ވިޔަފާރީގެ ދާއިރާގެ މުހިންމު ފަރާތްތަކަށް ސަރުކާރުގެ އެންމެ އިސްވެރިޔާއާ ސީދާ ބައްދަލުކޮށް، އެމީހުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ ރަނގަޅު ފުރުޞަތެކެވެ.