މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ބޮޑު ވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބޮޑުވަޒީރުގެ އޮފީހުން ވަނީ މަހާތީރުގެ އިސްތިއުފާގެ ސިޓީ، އެ ގައުމުގެ ގަޑިން މިއަދުން މެންދުރު 1:00 ގައި ރަސްގެފާނާ ހަވާލު ކުރިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
Malaysia's Mahathir submits resignation to king - reports https://t.co/L1nbjGa6vV pic.twitter.com/gu1x1QExbf
— Al Jazeera Breaking News (@AJENews) February 24, 2020
މަހާތިރު އިސްތިއުފާ ދެއްވި އިރު މީގެ ދެ އަހަރު ކުރިން، ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވެރިކަމުން ދުރުކުރަން އުފެއްދި ކޯލިޝަނުގެ ތެރޭގައި ވަނީ މައްސަލަ ޖެހިފަ އެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް އޭރު އުފެއްދި ކޯލިޝަނުން އެއްބަސްވެފައިވާ ގޮތުން ދެ އަހަރަށް ފަހު މަހާތިރު އިސްތިއުފާ ދެއްވަން ޖެހެ އެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަން ހަވާލު ކުރަން އޮތީ މަހާތިރުގެ ނައިބުކަން ކުރިން ކުރެއްވި އަންވަރު އިބްރާހިމަށެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށްވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކުރެވިފައެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުން ނަޖީބު ބަލިކުރުމަށް އޭރުގެ އިދިކޮޅު ކޯލިޝަނުން ގެންގުޅުނު ހަތިޔާރަކީވެސް ނަޖީބުގެ ކޮރަޕްޝަނެވެ.
ބޮޑުވަޒީރުކަމުން މަހާތީރު އިސްތިއުފާ ދެއްވާފައިވަނީ، ކޯލިޝަންގެ ބައިވެރިޔާ އަންވަރު އިބްރާހިމް އާއެކު ހިޔާލުތަފާތުވެ، އެހެން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.
އާ ކޯލިޝަނެއް ހަދައިގެން މަގާމުގައި ދެމިހުންނަން މަހާތީރު ރާވަމުންދާކަމުގެ ތުހުމަތު އަންވަރު ދާދި ފަހުން ވަނީ ކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!