ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.

Ad
rt

ފުލުހުންގެ މައުލޫމާތު ދޭގޮތުގައި، ޝިބާ ރަޝީދު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެއީ 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. ނަމަވެސް، ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ޝިބާ ރަޝީދު ފެނިފައިނުވާކަމަށް ފުލުހުން ހާމަކުރެއެވެ.

އެހެންކަމުން، ފުލުހުން ވަނީ ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި އެމައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.