މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހއ މުރައިދޫ އަދި ހއ ތަކަންދޫ ބަނދަރުގެ ޑިޒައިން، ސާރވޭ އަދި ރީކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު އިޢުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށެވެ.

Ad
rt

ބީލަމުގައި ބައިވެރިވުމަށް -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށާއި ފައިސާ ބަލައިގަންނާނީ 24 ފެބުރުވަރީ 2020 އިން 24 މާރިޗު 2020 އަށް،ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް އެމިނިސްޓްރީ ކަމަށެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެމިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 25 ފެބުރުވަރީ 2020 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށެވެ.

ބީލަން ހުޅުވުން އޮންނާނީ 25 މާރިޗު 2020 ވާ ބުދަ ދުވަހުގެ 13:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.