ހއ. ފިއްލަދޫ ކައުންސިލުން ބާއްވާ "ފިއްލަދޫ ކައުންސިލް ކަޕް 2025"ގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
މި މުބާރާތަކީ، ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ފިއްލަދޫ ކައުންސިލުން ފުރަތަމަ ދިން ފުރުސަތަށްފަހު، އަދި އެއް ފުރުސަތު ދީފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީ ކޮއްފައިވާ ޓީމްތައް އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފިއްލަދޫ ކައުންސިލުން ވަނީ މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާ އަށް ހުށަހެޅުމަށް އެދިފައެވެ.
މި މިމުބާރާތުގައި ޓީމްތައް ރަޖިސްޓްރީކުރުމަށް އެދޭފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް ވެސް ފިއްލަދޫ ކައުންސިލުން ބުންޏެވެ. އަދި އުލޫމާތު ސާފުކުރުމަށް ބޭނުންނަމަ 6500023 ނަންބަރަށް ގުޅުމަށް ވެސް އެދިފަވެއެވެ.
ފިއްލަދޫ ކައުންސިލް ކަޕް 2025 ގެ މުބާރާތްތައް ފަށަން ތާވަލުކޮށްފައި ވަނީ 12 ޑިސެމްބަރ 2025 ވަނަ ދުވަހުއެވެ. ފިއްލަދޫ ކައުންސިލް ކަޕްގައި ފުޓްސަލް އަދި ހޭންޑް ބޯލް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!