ކ. ކާށިދޫ ފަރަށް ބޯޓެއް އަރައި ހިނގިހާދިސާގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގަައި ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައިގެން އެކަމުގެ ރިޕޯޓު މިރޭ 19:52 ހާއިރު އެ އިދާރާ އަށް ވަނީ ލިބިފައެވެ.

Ad
rt

މި ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވެފައިވާއިރު، މި ހާދިސާ ބިދޭސީއެއް ގެއްލިގެން ހޯދަމުން ދަނިކޮށް ބޯޓު ފަރަށް އެރި ސަރަހައްދު ފަރުމަތިން އެމީހާ ވަނީ ނިފައެވެ.

އެމީހާ ކާށިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުންނާއި ސިފައިން ވެސް ވަނީ ބުނެފައެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް (30އ)އެވެ.

މި ބޯޓުން 11 މީހުން ދަތުރުކުރަމުންދިޔަ އިރު އޭގެތެރެއިން 10 މީހުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ސަލާމަތްކޮށްފައެވެ.