ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން އެ ސްކޫލުގެ މުދައްރިސުންނަށް ޚާއްސަ ވަރކް ސްޓޭޝަންތަކެއް ޤާއިމްކޮށްދީފިއެވެ.
މުދައްރިސުންނަށް ކިޔަވައިދިނުމުގެ މަސައްކަތްތައް ފަސޭހަކުރުމަށް ފަހި މާހައުލެއް ބިނާކޮށްދިނުމަށް ކުރިއަށް ގެންދިޔަ މި މަސައްކަތް ނިމި، ވަރކް ސްޓޭޝަންތަކުގެ ބޭނުން މިހާރު ކުރަމުންދާ ކަމަށް ހއ އަތޮޅު ތައުލީމީ މަރުކަޒުން ހާމަކޮށްފައިވެއެވެ.
މިގޮތުން، ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މި މަސައްކަތުގައި ޕީޓީއޭގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތާއި، އެއްބާރުލުން ފާހަގަކޮށް، އަގުވަޒަންކޮށްފައެވެ. އަދި އެ ސްކޫލުގެ ތައުލީމީ ކުރިއެރުމަށް ޕީޓީއޭއިން ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް އެ ސްކޫލުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި މަސައްކަތް ކާމިޔާބުކުރުމުގައި މަރުކަޒުގެ ސްޓާފުންނާއި، ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް މަރުކަޒުން ވަނީ ފާހަގަކޮށް، ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ ތެރެއިން ޚާއްސަ ޝުކުރު ހައްގު ފަރާތްތަކެއްގެ ގޮތުގައި މަރުކަޒުން ވަނީ ބައެއް ބޭފުޅުންނާއި އިދާރާތައް ފާހަގަކޮށްފައެވެ.
މީގެ ތެރޭގައި، ކާޕެންޓަރުން ކަމަށްވާ ހއ. ދިއްދޫ، ގަންދަކޯޅިމާގޭ ޢަލީ ރަޝީދު، އާއި ހއ. ދިއްދޫ، ހިޔަފަސޭހަގޭ ޒަކަރިއްޔާ ޙަމީދު، އާއި ހއ. ދިއްދޫ، އަދި އަޝްރަފީގޭ އަޙްމަދު ޝަފީޤު ގެ އިތުރުން ހއ. ވާޝަފަރު، މުނިރާގޭ މުޙައްމަދު ޒުހައިރު އަދި ރ. އުނގޫފާރު، ދިރައިލާލުގެ ޒަކަރިއްޔާ ޙަމީދު ގެ ނަން އެ ސްކޫލުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މުއައްސަސާތަކުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވި، އާރްޑީސީގެ ފަރާތުން ހއ. ދިއްދޫ، ގަލްފު އިބްރާހިމް ޝަރީފު އާއި، ހއ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ހއ. ދިއްދޫ، ފެއަރލޯން މުޙައްމަދު ޝަފީޤު، ހއ. ދިއްދޫ، އަލިޔާ އަޙްމަދު އަމްޖަދު، ހއ. ދިއްދޫ، ސެހެނާ ވިލާ އިބްރާހިމް ރަޝީދު، އަދި ހއ. ދިއްދޫ، ބީނާ ވިލާ އާދަމް ނަޞީރު ގެ އިތުރުން ދިއްދޫ ކައުންސިލްގެ ފަރާތުން ހއ. ދިއްދޫ، ބޮންތި އިބްރާހިމް ރަޝީދު، އަދި ހއ. ދިއްދޫ، ނުޒުހާ މަންޒިލް ޢަބްދުﷲ ނަޢީމް އާއި ފެނަކަ ދިއްދޫ ބްރާންޗުގެ ޓެކްނީޝަނުންގެ އަގުވަޒަން ކޮށްފައިވެއެވެ.
މި މަސައްކަތަކީ، އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!