ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ފެށުމުގެ ކުރިން ޗެރިޓީ މެޗެއް ކުޅެން ނިންމައިފިއެވެ.
މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތް ކުރިއަށް ދާނީ އުތީމުގައެވެ.
މި މުބާރާތް ކުރިއަށް ދާނީ އުތީމު ރަސްމީ ބޯޅަދަނޑުގައި މި މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތް ފެށުމުގެ ކުރިން މިރޭކުޅޭ ޗެރިޓީ މެޗު ކުޅޭގައި ކުޅޭނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ އުތީމާއި، އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އެވެ. މި މެޗު ކުޅޭނީ މިރޭ 20:30 ގައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުތައް ރަސްމީކޮށް ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ. މުބާރާތް ހުޅުވާ މެޗުގައި ވެސް ބައްދަލުކުރާނީ އިހަވަންދޫ އާއި އުތީމެވެ.
މި މުބާތާތުގެ އިތުރު ތިން މެޗު މާދަމާ ކުޅޭނެއެވެ. ދެވަނަ މެޗުގައި 17:00 ގައި މުރައިދޫ އާއި ދިއްދޫ ބައްދަލުކުރާއިރު، 20:00 ގައި ކުޅޭނީ ވަށަފަރާއި ފިއްލަދޫ ބައްދަލުކުރާ މެޗެވެ. އަދި 21:00 ގައި ކެލައާއި ބާރަށުގެ މެޗު ކުޅޭނެއެވެ.
މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާގޮތް:
4 ނޮވެމްބަރު
16:00 އިހަވަންދޫ - އުތީމު، 17:00 މުރައިދޫ - ދިއްދޫ، 20:00 ވަށަފަރު - ފިއްލަދޫ އަދި 21:00 ކެލާ - ބާރަށް.
5 ނޮވެމްބަރު
16:00 މުރައިދޫ - ބާރަށް، 17:00 އުތީމު - ވަށަފަރު، 20:00 ދިއްދޫ - ކެލާ އަދި 21:00 ހޯރަފުށި - އިހަވަންދޫ.
6 ނޮވެމްބަރު
16:00 ފިއްލަދޫ - ހޯރަފުށި، 17:00 ކެލާ - މުރައިދޫ، 20:00 އިހަވަންދޫ - ހޯރަފުށި އަދި 21:00 ބާރަށް - ދިއްދޫ.
7 ނޮވެމްބަރު
16:30 ހޯރަފުށި - އުތީމު، 20:30 ފިއްލަދޫ - އިހަވަންދޫ
8 ނޮވެމްބަރު
16:30 ވަށަފަރު - ހޯރަފުށި، 20:30 އުތީމު - ފިއްލަދޫ
10 ނޮވެމްބަރު، ސެމީގެ މެޗުތައް،
12 ނޮވެމްބަރު، 23:30 ފައިނަލް
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ. މި މުބާރާތުގައި އިތުރު ބައެއް ވަނަތައް ވެސް ހޮވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!