ދި ފައުންޑޭޝަނާއި ބުލޫ ސްޕޭން ގުޅިގެން ހއ. ދިއްދޫގައި "ތެރަޕީގެ ޙިދުމަތް" ދޭ ކުލިނިކެއް ނޮވެންބަރު މަސް ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
ދި ފައުންޑޭޝަންގެ ދި ފައުންޑޭޝަން ސެކްރެޓްރީ ޖެނަރަލް ނަޝްވާނު އބްރާހިމް ''ތިލަދުން'' އަށް ބުނީ މިކުލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިޔާ ތެރަޕީ ، ސުޕެޝިއަލް އެޑިއުޚޭޝަނަލް ތެރަޕީގެ ޙިދުމަތުގެ އިތުރުން އެސެސްމަންޓު ހެދުމާއި ކައުންސިލިންގެ ޙިދުމަތް ވެސް ފެށިގެންދާނެ ކަމަށެވެ.
މިޙިދުމަތް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ލިންކް އިން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ވެސް ނަޝްވާން ބުންޏެވެ.
''މިފޯރމް ފުރުމުގެ ބޭނުމަކީ ދިއްދޫގައި ތެރަޕީގެ ހިދުމަތް ފަށައިގަންނަ އިރު ތެރަޕީ ނަގަން ތިބީ ކިތައް ކުދިންކަމާއި ބޭނުންވަނީ ކިތައް ތެރަޕިސްޓްކަން ބެލުން. އެއް ބެލެނިވެރިޔެއްގެ ތެރަޕީ ނަގަން ޖެހޭ ދެކުދިން ތިބޭ ކަމުގައި ވަނީނަމަ ދެކުދިންނަށް ވަކިން ފޯރމް ފުރާލަން ޖެހޭނެ.'' ނަޝްވާން ބުނެފަވެއެވެ.
ދި-ފައުންޑޭޝަނުން ބޭއްވި ތެރަޕީ ކޭމްޕެއްގެ ތެރެއިން، ފޮޓޯ: ދި ފައުންޑޭޝަން
މި ކްލިނިކުން ފޯރުކޮށްދޭތެރަޕީގެ އަގުތައް
. ސްޕީޗް ތެރަޕީ 300ރ : 45 މިނެޓް ސެޝަން
. އޮކިޔުޕޭޝަން ތެރަޕީ 300ރ : 45 މިނެޓް
. ބިހޭވިޔަރަލް ތެރަޕީ 300ރ : 45 މިނެޓް
. ސްޕެޝަލް އެޑިޔުކޭޝަން 225ރ: 45 މިނެޓް ސެޝަން
. އެސެސްމެންޓް 3000ރ ސައިކޮލޮޖިކަލް އެސެސްމެންޓް
. ސްޕީޗް، ބިހޭވިއަރ އަދި އޮކިޔުޕޭޝަނަލް އެސެސްމެންޓް 1000ރ
މި ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންނަމަ ދި ފައުންޑޭޝަން ސެކްރެޓްރީ ޖެނަރަލް ނަޝްވާންގެ ފޯނު 7656766 އަށް ގުޅުމުން އެކަމެއް ސާފުކޮށްދޭނެކަމަށް ނަޝްވާން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!