އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮންނަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު ނެގި ވޯޓުގައި ހުޅުދޫ އަދި މީދޫން ވޯޓުލީ މީހުންގެ މެޖޯރިޓީ ސިޓީ ކައުންސިލުން ވަކިވާން ވޯޓު ދީފިއެވެ.

އެ ދެރަށަށް ނިސްބަތްވާ ވޯޓުދިން މީހުންގެ އަޢުލަބިއްޔަތުން މި ނަތީޖާ ދައްކާއިރު، ފޭދޫން ވޯޓުދިން މީހުންގެ މެޖޯރިޓީ ބުނެފައި ވަނީ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ބޭނުންވާ ކަމަށެވެ.

Ad
d

މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ ހަވީރު 4:00 އާއި ހަމައަށެވެ. އެއަށްފަހު ފޮށިތައް ބަންދުކޮށް ވޯޓު ގުނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިހާތަނަށް ސާފުވި ނަތީޖާއިން ފެންނަގޮތުގައި ހުޅުދު އާއި މީދޫ މީހުން ބޭނުންވަނީ ސިޓީ ކައުންސިލް ވަކިވެ ވަކި ކައުންސިލް އުފައްދާށެވެ. ނަމަވެސް ފޭދޫ ރައްޔިތުންގެ ނިންމުމަކީ މިހާރެކޭ އެއްގޮތަށް ކައުންސިލްގެ ދަށުގައި ތިބުމަށެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އީސީން ބުނެފަވެއެވެ.

އައްޑު އަތޮޅުގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

Ad
df