‏އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު މިއަދު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ.

Ad
d

މި ވޯޓުގައި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. ހަވީރު 4:00 ގައި ވޯޓުލުމަށް ކިޔު ބަންދު ކުރަން ނިންމާފައިވާއިރު، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި ވޯޓުލުން އޮތް ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް އީސީން ނިންމާފައި ވަނީ މާދަމާއެވެ.

Ad
df

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އީސީން ބުނެފަވެއެވެ.