"ރެޕިޑް ޗެސް ޗެލެންޖް : ކެޑޭޓް ޑިވިޝަން" އަންނަމަހު 13 އިން 15 އަށް ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ޖީނިއަސް ޗެސް އެކަޑެމީ އަދި މޯލްޑިވްސް ޗެސް ކުލަބް ގުޅިގެން ބާއްވާ މުބާރާތެެކެވެ. މި ރާޒުވާ މުބާރާތަކީ ދެ ކުލަބެއް ގުޅިގެން ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ރެޕިޑް މުބާރާތެވެ.

Ad
rt

ފީޑޭ ރޫލްސް އޮފް ޗެސް ގެ ޤަވައިދަށް ކުޅޭ މި މުބާރާތް އިންތިޒާމް ކުރާ ޖީނިއަސް ޗެސް އެކަޑެމީގެ ޖީ.އެސް ހުސެއިން ރަޝީދު ''ތިލަދުން'' އަށް ވިދާޅުވި ގޮތުގައި މުބާރާތަކީ ރާޒުވާކުޅުމަށް ލޯބިކުރާ ކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށާއި ވާދަވެރި މާހައުލެއްގައި ކުޅިވަރު ކުރިއަރުވާ، ކުޅުންތެރީންގެ ހުނަރު ދެނެގަނެ އިތުރަށް ބޭނުންވާނެ އެހީތެރިކަމަށް މަގުފަހިކޮށްދިނުމަށާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާ ދިވެހިޓީމުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، މިކުޅިވަރު އެހެން ހަރުފަތަކައް ގެންދިއުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

މީގެއިތުރުން ހުސެއިން ވިދާޅުވީ މުބާރާތަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝިއަންގެ އިރުދާޝާއި އެއްގޮތައް ކުރިއައްދާނެ މުބާރާތެއްކަމަށެވެ.

ވަކިވަކި އުމުރުފުރާތަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 8 އަހަރުންދަށް، 10 އަހަރުންދަށް، 12 އަހަރުންދަށް އަދި 14 އަހަރުންދަށް ހިމެނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރަޔަކު ވަކިން އަންހެން ކުޅުންތެރިންނަށް ޙާއްސަ ކުރެވިފައިވާ ޑިވިޝަންއެއް ހިމެނެއެވެ.

9 ރައުންޑަށް ބާއްވާ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ސްވިސް ފޯމޭޓަށެވެ.

މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ޗެސް އާކޭޑް ގައެވެ.

މުބާރާތާގުޅޭ އިތުރު މައުލޫމާތު 7859358 އަދި 7647919 އިން ލިބޭނެކަމަށް ޖީނިއަސް ޗެސް އެކަޑެމީން ބުންޏެވެ.