ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލަކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއެޖެއެވެ.

މެމްބަރު އަޙުމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލަކަށް ކަމަށެވެ. އަދި އެބަދަލުތައް ވާންޖެހޭނީ ވަޒީފާގެ ޔަޤީންކަން ލިބިދޭ ހައްޤުތައް ކަށަވަރުވާނެ ބަދަލަކަށް ކަމަށްވެސް މެމްބަރު ވިދާޅުވެފައިވެއެވެ.

Ad
rt

މިހާރު މަޖްލިސްއަށް ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު އީސާ ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހްތަކާއިމެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން މަސައްކަތް ތެރިންނާއި، އާންމު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދާ އެއް އިސްލާޙަކީ، ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭވޭނެ މުއްދަތު ނުވަތަ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރެވޭނެ ގޮތަށް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެކެވެ. މިހާރު އެޤާނޫނުގައި އެމުއްދަތު އޮންނަނީ 3 މަސްކަމަށެވެ.