ހއ. ދިއްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަަކައި މިއަދު ވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad
rt

މިގޮތުން މި ރަސްމިއްޔާތުގައި ދިއްދޫގައި ފިޓްނަސް ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟް އެވެ

މީގެ އިތުރުން މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް އެވެ.

ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކާ މުޅި ރާއްޖެ ޝާމިލްވާގޮތަށް މިފަދަ ފިޓްނަސް ސެންޓަރުތައް ޤާއިމްކުރުމަކީ މި ސަރުކާރުން ޙާއްސަ އިސްކަމެއްދޭ ކަމެކެވެ.