އެއް އަހަރު ތެރޭގައި މާރސްއަށް ދަތުރުކޮށް އެނބުރި އާދެވޭހައި ހަލުވި އައު ނިއުކްލިއަރ ރޮކެޓް ޓެކްނޮލޮޖީއެއް ތަރައްގީކުރަމުންދާކަމަށް އޮހާއިއޯ ސްޓޭޓް ޔުނިވަރސިޓީގެ އިންޖިނިއަރުން ހާމަކޮށްފި އެވެ.

މި އައު ޓެކްނޮލޮޖީގައި ދިޔާ ޔުރޭނިއަމް ބޭނުންކޮށްގެން ނިއުކްލިއަރ ޕްރޮޕަލްޝަންގެ އައު އަދި އަވަސް ގޮތެއް ތަރައްގީކުރުމަށް މަސައްކަތްކުރަމުންދަނީ ރޮކެޓް އިންޖީނުތަކަށް ހަކަތަ ދިނުމުގެ އައު ގޮތެއް ހޯދައިގެންނެވެ. މި އައު ޓެކްނޮލޮޖީ ކަމަށްވާ ސެންޓްރިފިއުގަލް ނިއުކްލިއަރ ތާމަލް ރޮކެޓް (ސީއެންޓީއާރު) އިން ޕްރޮޕަލަންޓް ސީދާ ހޫނުކުރުމަށް ދިޔާ ޔުރޭނިއަމް ބޭނުންކުރެވޭނެއެވެ.

Ad
rt

އެކްޓާ އެސްޓްރޮނޯޓިކާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން މި އިންޖީނަކީ އާންމު ކެމިކަލް ރޮކެޓްތަކަށްވުރެ އަދި އެހެން ނިއުކްލިއަރ ޕްރޮޕަލްޝަން އިންޖީނުތަކަށްވުރެވެސް ހަކަތަ އެދެވޭ ގޮތެއްގައި ބޭނުންކުރެވޭނެ އިންޖީނެކެވެ.

ސީއެންޓީއާރު ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އުފެއްދުމުގެ އިސް ފަރާތްކަމުގައިވާ، އޮހާއިއޯ ސްޓޭޓްގެ ޕީއެޗްޑީ ދަރިވަރު ސްޕެންސަރ ކްރިސްޓިއަން ވިދާޅުވި ގޮތުގައި "މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މާރސްއަށް އެއް އަހަރުގެ ބަދަލުގައި 6 މަސްދުވަހުގެ ތެރޭގައި ރައްކާތެރިކަމާއެކު ދަތުރުކުރެވިދާނެ" އެވެ.

އެހެންނަމަވެސް މި ކޮންސެޕްޓަކީ އަދިވެސް ފެށުމުގެ މަރުހަލާގައިވާ ކަމެއްކަމަށާއި މާރސްއަށް ދަތުރުކުރުމުގެ ކުރިން އިންޖިނިއަރިންގގެ ގޮތުން ގިނަ ތަޙްލީލުތަކެއްކުރާނެ އެވެ. ސްޕޭސް ނިއުކްލިއަރ ޕްރޮޕަލްޝަން އަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މި ޓެކްނޮލޮޖީ ތަރައްގީވުމަށް ވަގުތު ބޭނުންވާނެ ކަމަށް ބުނެއެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ނާސާ އާއި އެ އިދާރާގެ އަމިއްލަ ބައިވެރިން ވަނީ ހަނދާއި މާރސްގައި އިންސާނުންގެ ދާއިމީ މަރުކަޒެއް ގާއިމުކުރުމަށް އަމާޒު ހިފާފައެވެ.