ސްޓެލްކޯ އިން ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ދަރިވަރުންނަށް ސައިޓް ވިޒިޓް އަދި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ހިންގައިފި އެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

Ad
rt

ސީއެޗްއެސްއީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ.

މީގެ އިތުރުން ކުންފުނީގެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ.

މި ވިޒިޓްގެ މަގުސަދަކީ ގައުމު ބިނާކުރުމުގައި އިންޖިނިއަރުންގެ މުހިންމު ދައުރު ދައްކުވައި ދިނުން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.