ށ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ހުޅުވާލަމުން އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 7 ސެޕްޓެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންކަމަށެވެ.

Ad
rt

އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި، އެ ސޮކޫލުން އަންމުކޮށްފައިވާ އިއުލާނުގައިވާ ފޯމު ޑައުންލޯޑުކޮށްގެން ފުރިހަމަކުރެވޭނެކަމަށް މިލަންދޫ ސްކޫލުން ބުނެފައިވެއެވެ.

މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ކުދިންވެއްދުމަށް ހުށަހަޅަންޖެހޭ ފޯމް ބެއްލެވުމަށް ކްލިކްކޮށްލައްވާ!

މިލަންދޫ ސްކޫލުގައި އޭ ލެވެލް އަށް ވަންނަ ދަރިވަރުންނަށް ކިޔެވޭ ސްޓްރީމް ތަކުގެ ތެރޭގައި ސައިންސް، ބިޒްނަސް އަދި ބީޓެކް ހިމެނެއެވެ.

ފަހަކަށް އައިސް ސްކޫލްތަކުގައި އޭ ލެވެލް ކިޔެވުމަށް ޝައުޤުވެރިކަން ފާޅުކުރާ ދަރިވަރުން އިތުރުވަމުން ދާއިރު، ސްކޫލްތަކުގެ ތައުލީމީ ފެންވަރު ދަނީ ދުވަހަކަށް ވުރެއް ދުވަހެއް ރަނގަޅުވަމުންނެވެ.