އަލް ޖަޒީރާގެ ނޫސްވެރިޔާ ފަލަސްތީންގެ އަނަސް އައް-ޝަރީފް އާއި އޭނާގެ އެކުވެރި ހަތަރު ނޫސްވެރިން ޣައްޒާ ސިޓީގައި ތިބި ޓެންޓަކަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި އާދީއްތަ ދުވަހުގެ ރޭ ވަނީ ޝަހީދުވެފައެވެ.
އާދީއްތަ ދުވަހުގެ ރޭގަނޑު ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުރި ޓެންޓަށް ދިން ހަމަލާގައި 7 މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި އަލް ޖަޒީރާގެ ރިޕޯޓަރު މުޙައްމަދު ޤުރެއިޤާ އަދި ކެމެރާމަނުން ކަމުގައިވާ އިބްރާހީމް ޒާހިރު، މުޙައްމަދު ނޯފަލް އަދި މުއުމިން އަލިވާ ހިމެނެއެވެ.
ފަލަސްތީނުގެ ޣައްޒާގައި މަސައްކަތް ކުރަމުން އައި އަލްޖަޒީރާގެ ފަލަސްތީނު ނޫސްވެރިޔާ އަނަސް އިސްރާއީލުން ޝަހީދުކޮށްލުމުގެ ކުރިން އޭނާ ވަނީ އަސަރުގަދަ ވަސިއްޔަތެއް އޭނާގެ ފަހު މެސެޖުގޮތުގައި މީސްމީޑިއާގައި ޕޯސްޓްކޮށްފައެވެ.
----------------------------------------------
''މިއީ އަހަރެންގެ ވަޞިއްޔަތާއި އަހަރެންގެ އެންމެ ފަހުގެ މެސެޖެވެ. މި ބަސްތައް ތިޔަބައިމީހުންނާ ހަމައަށް ފޯރައިފިނަމަ، އިސްރާއީލުން އަހަރެން މަރާލުމާއި އަހަރެންގެ އަޑު ކަނޑާލުމުގައި ކާމިޔާބުވެއްޖެކަން ދަންނާށެވެ. އެންމެ ފުރަތަމަ، ތިޔަބައިމީހުންގެ މައްޗަށް ސަލާމާއި ރަޙްމަތާއި ބަރަކާތް ހުއްޓެވެ.'' އެ މެސެޖު ފަށަމުން އަނަސް ބުނެފަވެއެވެ.
އޭނާގެ މެސެޖު ކުރިއަށް ގެންދަމުން ބުނެފައި ވަނީ،
''ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ މަގުތަކާއި ގޯޅިތަކުގައި އަހަރެންގެ ލޯ ހުޅުވުނީއްސުރެ، އަހަރެންގެ މީހުންނަށް އެހީތެރިވެ އަޑުއިއް ވުމަށް އަހަރެންގެ ހުރިހާ ބާރަކާއި ހިތްވަރެއް ދިންކަން ﷲ ދެނެވޮޑިގެންވެއެވެ. އަހަރެންގެ އުންމީދަކީ އަހަރެންގެ އާއިލާއާއި ލޮބުވެތިންނާއެކު އަހަރެންގެ އަސްލު ރަށް ކަމުގައިވާ އޮކިއުޕައިޑް އަސްޤަލާން (އަލް-މަޖްދަލް) އަށް އެނބުރި ދެވޭވަރަށް ﷲ އަހަރެންގެ އުމުރު ދިގުކޮށްދެއްވުމެވެ. ނަމަވެސް ﷲ ގެ އިރާދަފުޅު އިސްވެ، އެކަލާނގެ ޤަޟާ ނިހާއީއެވެ.''
''އަހަރެން ވޭނުގެ ހުރިހާ ތަފްސީލެއް ދުށީމެވެ. އެތައް ފަހަރެއްގެ މަތިން ތަކްލީފާއި ގެއްލުން ތަޖުރިބާކުރީމެވެ. ނަމަވެސް ޙަޤީޤަތް އޮޅުވާލުމެއް ނުވަތަ އޮޅުވާލުމެއް ނެތި ހާމަކުރުމުގައި އެންމެ ފަހަރަކުވެސް ފަސްނުޖެހެމެވެ. އެއީ އަހަރެމެން މަރާލުމަށް ހަނުހުރި މީހުންނާއި، އަހަރެމެންގެ ނޭވާ ހުއްޓުވި މީހުންނާއި، އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންގެ ހަށިތައް ބިންދައިގެން ދިޔައިރު ހިތްތަކަށް އެއްވެސް އަސަރެއް ނުކުރި މީހުންނާއި، އެއް އަހަރާއި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަހު އަހަރެމެންގެ މީހުން ކުރިމަތިލާންޖެހުނު މަރުގެ އަނިޔާ ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރި މީހުންނާ ދެކޮޅަށް ﷲ ހެކިވެވޮޑިގަތުމަށްޓަކައެވެ.''
''އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ ފަލަސްޠީނެވެ. މުސްލިމް އުންމަތުގެ އަގުބޮޑު ތަރިކައެވެ. މި ދުނިޔޭގެ ކޮންމެ މިނިވަން މީހެއްގެ ހިތުގެ ވިންދެވެ. އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އޭގެ މީހުންނެވެ. އޭގެ އަނިޔާ ލިބިފައިވާ މަޢުޞޫމު ކުޑަކުދިންނެވެ. އެކުދިންނަކަށް ހުވަފެން ދެކުމުގެ ނުވަތަ ރައްކާތެރިކަމާއި ސުލްޙަވެރިކަމުގައި ދިރިއުޅުމުގެ ވަގުތެއް ނުލިބުނެވެ. އެކުދިންގެ ޠާހިރު ހަށިތައް އިސްރާއީލުގެ އެތަހާސް ޓަނުގެ ބޮންތަކާއި މިސައިލްތަކުގެ ދަށުގައި ފިތިގެން ދިޔައެވެ. ފުނޑުފުނޑުވެ ފާރުތަކުގައި ބިންދައިގެން ދިޔައެވެ.''
A video from earlier this year made by Al Jazeera journalist Anas al-Sharif with his daughter. He was killed today in an Israeli airstrike along with several other Al Jazeera journalists: pic.twitter.com/dHzvnKZUwK
— Murtaza Hussain (@MazMHussain) August 10, 2025
''ޗޭނުތަކަށް ތިޔަބައިމީހުންގެ އަޑު ނިއްވާލުމަށް ނުވަތަ ސަރަޙައްދުތަކަށް ތިޔަބައިމީހުން ހިފެހެއްޓުމަށް ފުރުޞަތު ނުދިނުމަށް އަހަރެން ގޮވާލަމެވެ. ބިމާއި އޭގެ މީހުން މިނިވަންކުރުމަށް ބްރިޖުތަކަކަށް ވާށެވެ. އަހަރެމެންގެ ވަގަށް ނެގިފައިވާ ވަޠަނުގެ މައްޗަށް ޢިއްޒަތާއި މިނިވަންކަމުގެ އިރު އަރަންދެނެވެ. އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އަހަރެންގެ އާއިލާއަށް ރައްކާތެރިވުމަށެވެ. އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އަހަރެންގެ ލޮބުވެތި ދަރިފުޅު ޝާމްއެވެ. އަހަރެންގެ ލޯތަކުގެ އަލިކަމެވެ. އަހަރެން ހުވަފެން ދުށް ފަދައިން އޭނާ ބޮޑުވަމުން ދާތަން ބަލަން ތިބުމުގެ ފުރުޞަތު އަހަރެންނަކަށް ނުލިބުނެވެ.''
''އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އަހަރެންގެ ލޮބުވެތި ދަރިފުޅު ޞަލާޙްއެވެ، އޭނާއަށް އެހީތެރިވެ އަހަރެންގެ ބުރަ އުފުލައި މަސައްކަތް ކުރިއަށް ގެންދެވޭވަރަށް ބާރުގަދަވަންދެން އޭނާއާއެކު ދިރިއުޅުމަށް އަހަރެން އެދުނީމެވެ. އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އަހަރެންގެ ލޮބުވެތި މަންމައެވެ. އޭނާގެ ބަރަކާތްތެރި ދުޢާތަކުން އަހަރެން މިހިސާބަށް ގެނެސްދިނެވެ. އޭނާގެ ދުޢާތަކަކީ އަހަރެންގެ ގަނޑުވަރެވެ. އޭނާގެ އަލިކަމުން އަހަރެންގެ މަގު ދައްކައިދިނެވެ. ﷲ އޭނާއަށް ބާރުދެއްވައި، އަހަރެންގެ ފަރާތުން އެންމެ ރަނގަޅު ޖަޒާ ދެއްވުމަށް އަހަރެން ދުޢާކުރަމެވެ.''
''އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އަހަރެންގެ އުމުރުގެ އެކުވެރިޔާ، އަހަރެންގެ ލޮބުވެތި އަނބިކަނބަލުން، އުންމު ޞަލާޙް (ބަޔާން) އެވެ. ހަނގުރާމައިގެ ސަބަބުން ގިނަ ދުވަސްތަކަކާއި މަސްތަކަކަށް އަހަރެމެން ވަކިވެފައި ތިބިއިރުވެސް އޭނާ އަހަރެމެންގެ ގުޅުމަށް ވަފާތެރިވެ ހުރެ، ނުލެނބޭ ޒައިތޫނި ގަހެއްގެ ގަނޑުފަދައިން ސާބިތުވެ ހުރެ ކެތްތެރިވެ، ﷲ އަށް ތަވައްކުލުކޮށް، އަހަރެން ނެތް ވަގުތު އޭނާގެ ހުރިހާ ބާރަކާއި އީމާންކަމާއެކު ޒިންމާ އުފުލިއެވެ.''
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު އެމީހުންނަށް އެހީތެރިވެ، އެމީހުންގެ ބާރަކަށް ވުމަށް އަހަރެން ގޮވާލަމެވެ. އަހަރެން މަރުވެއްޖެނަމަ، އަހަރެންގެ އުޞޫލުތަކުގެ މަތީގައި ސާބިތުވެ ހުރެ މަރުވަނީއެވެ. އަހަރެން ﷲގެ ޤަޟާފުޅާމެދު ރުހިގެން ހުރިކަމަށާއި، އެކަލާނގެއާ ބައްދަލުވާނެކަމާމެދު ޔަޤީންކަން އޮތްކަމަށާއި، ﷲގެ ޙަޟްރަތުގައިވާ ތަކެތި މާ ހެޔޮވެ ދެމިގެންވާކަމާމެދު ޔަޤީންކަން އޮތްކަމަށް ﷲ ގެ ޙަޟްރަތުގައި ހެކިވަމެވެ. މިއީ އަހަރެންގެ ވަޞިއްޔަތާއި އަހަރެންގެ އެންމެ ފަހުގެ މެސެޖެވެ. މި ބަސްތައް ތިޔަބައިމީހުންނާ ހަމައަށް ފޯރައިފިނަމަ، އިޒްރޭލުން އަހަރެން މަރާލުމާއި އަހަރެންގެ އަޑު ނިއްވާލުމުގައި ކާމިޔާބުވެއްޖެކަން ދަންނާށެވެ. އެންމެ ފުރަތަމަ، ތިޔަބައިމީހުންގެ މައްޗަށް ސަލާމާއި ﷲގެ ރަޙްމަތާއި ބަރަކާތް ހުއްޓެވެ.''
Another video from earlier this year of Al Jazeera journalist Anas al-Sharif reuniting with his young daughter during the Muslim holiday of Eid al-Fitr: pic.twitter.com/A0FMGUMeTJ
— Murtaza Hussain (@MazMHussain) August 10, 2025
''ޖަބާލިޔާ ރެފިއުޖީ ކޭމްޕްގެ މަގުތަކާއި ގޯޅިތަކުގައި އަހަރެންގެ ލޯ ހުޅުވުނީއްސުރެ، އަހަރެންގެ މީހުންނަށް އެހީތެރިވެ އަޑަކަށް ވުމަށް އަހަރެންގެ ހުރިހާ ބާރަކާއި ހިތްވަރެއް ކުރިކަން ﷲ ދެނެވޮޑިގެންވެއެވެ. އަހަރެންގެ އުއްމީދަކީ އަހަރެންގެ އާއިލާއާއި ލޮބުވެތިންނާއެކު އަހަރެމެންގެ އަސްލު ރަށް ކަމުގައިވާ އޮކިއުޕައިޑް އަސްޤަލާން (އަލް-މަޖްދަލް) އަށް އެނބުރި ދެވޭވަރަށް ﷲ އަހަރެންގެ އުމުރު ދިގުކޮށްދެއްވުމެވެ. އެހެނަސް ﷲގެ އިރާދަފުޅު އިސްވެ، އެކަލާނގެ ނިންމެވުން ވަނީ ފައިސަލާކުރައްވާފައެވެ. އަހަރެން ވޭނުގެ ހުރިހާ ތަފްސީލެއް ދުށީމެވެ. ގިނަ ފަހަރު ތަކްލީފާއި ގެއްލުން ތަޖުރިބާކުރީމެވެ. އެހެނަސް ޙަޤީޤަތް އޮޅުވާލުމެއް ނުވަތަ ދޮގުކުރުމެއް ނެތި އޮތްގޮތަށް ކިޔައިދިނުމުގައި އެއްފަހަރަކުވެސް ފަސްޖެހިލުމެއް ނުވަމެވެ. އެއީ ހަނުހުރި މީހުންނާއި، އަހަރެމެން މެރުމަށް ރުހުނު މީހުންނާއި، އަހަރެމެންގެ ފުރާނަ ހިފި މީހުންނާއި، އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންގެ ފުނޑުފުނޑުކޮށްލެވުނު ހަށިތަކުން ހިތްތައް އަސަރެއްނުކކުރި މީހުންނާއި، އަދި އެއް އަހަރާއި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަހު އަހަރެމެންގެ މީހުން ކުރިމަތިލާންޖެހުނު މަރުގެ އަނިޔާ ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރި މީހުންނާ ދެކޮޅަށް ﷲ ހެކިވެވޮޑިގަތުމަށްޓަކައެވެ.''
''އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ ފަލަސްޠީނެވެ. މުސްލިމް އުއްމަތުގެ އަގުހުރި މި ވަތަނެވެ. މި ދުނިޔޭގެ ކޮންމެ މިނިވަން މީހެއްގެ ހިތުގެ ވިންދެވެ. އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަނީ އެތާނގެ މީހުންނެވެ. އުދަގޫ ކުރިމަތިވެފައިވާ މަޢުޞޫމު ކުޑަކުދިންނެވެ. އެކުދިންނަކަށް ހުވަފެން ދެކުމުގެ ނުވަތަ ރައްކާތެރިކަމާއި ސުލްޙަވެރިކަމުގައި ދިރިއުޅުމުގެ ވަގުތެއް ނުލިބުނެވެ. އެކުދިންގެ ޠާހިރު ހަށިތައް އިޒްރޭލުގެ ހާހުން ގުނާ ބޮންތަކާއި މިސައިލްތަކުގެ ދަށުގައި ފިއްތާލެވި، ކުދިކުދިކޮށް ކޮށާލެވި، ފާރުތަކުގައި ބިންދާލެވިފައިވެއެވެ.''
''އަހަރެންގެ އާއިލާއަށް ރައްކާތެރިވުމަށް އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަމެވެ. އަހަރެންގެ ލޮބުވެތި ދަރިފުޅު ޝާމް، އަހަރެންގެ ލޮލުގެ އަލި، އަހަރެން ހުވަފެން ދެކިފައިވާ ގޮތަށް އޭނާ ބޮޑުވަމުންދާ މަންޒަރު ބަލަން އަހަރެންނަކަށް ފުރުޞަތެއް ނުލިބުނު، އޭނާއާ އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަމެވެ. އަހަރެންގެ ލޮބުވެތި ދަރިފުޅު ޞަލާޙް، އޭނާއަށް އެހީތެރިވެ، އޭނާ ބާރުގަދަވެ އަހަރެންގެ ބުރަ އުފުލައި މަސައްކަތް ކުރިއަށް ގެންދެވޭވަރު ވަންދެން އޭނާއާއެކު ދިރިއުޅުމަށް އަހަރެން އެދުނު ދަރިފުޅު، އޭނާ އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަމެވެ. އަހަރެންގެ ލޮބުވެތި މަންމަ، އޭނާގެ ބަރަކާތްތެރި ދުޢާތަކުން އަހަރެން މިހިސާބަށް ގެނެސްދިން މަންމަ، އޭނާގެ ދުޢާތައް އަހަރެންގެ ދިރުންކަމުގައި، އޭނާގެ އަލިކަން އަހަރެންގެ މަގު ދައްކައިދިނެވެ. އޭނާއަށް ﷲ ބާރުދެއްވައި، އަހަރެންގެ ފަރާތުން އެންމެ ރަނގަޅު ޖަޒާއިން ޖަޒާދެއްވުމަށް އަހަރެން ދުޢާކުރަމެވެ. އަދި އަހަރެންގެ އުމުރުގެ އެކުވެރިޔާ، އަހަރެންގެ ލޮބުވެތި އަންހެނުން، އުއްމު ޞަލާޙް (ބަޔާން)، ހަނގުރާމައިގެ ސަބަބުން ގިނަ ދުވަސްތަކާއި މަސްތަކަކަށް އަހަރެންނާ ވަކިވެފައިވާ އަންހެނުން، އެހެނަސް އަހަރެމެންގެ ގުޅުމަށް އޭނާ ވަފާތެރިވެ، ނުލެނބޭ ޒައިތޫނި ގަހެއްގެ ގޮފިގަނޑުފަދަ ސާބިތުވެ ހުރި، ކެތްތެރިވެ، ﷲއަށް ތަވައްކަލުކޮށް، އަހަރެން ނެތް ހާލުގައި އޭނާގެ ހުރިހާ ބާރަކާއި އީމާންކަމާއެކު ޒިންމާ އުފުލި އަންހެނުން، އޭނާ ވެސް އަހަރެން ތިޔަބައިމީހުންނާ ޙަވާލުކުރަމެވެ.''
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަހުން އެމީހުންނަށް އެހީތެރިވެ، އެމީހުންގެ ބުރަ އުފުލުމަށް އަހަރެން ތިޔަބައިމީހުންނަށް ގޮވާލަމެވެ. އަހަރެން މަރުވެއްޖެނަމަ، އަހަރެންގެ އުޞޫލުތަކުގެ މަތީގައި ސާބިތުވެ ހުރެ މަރުވަނީއެވެ. އަހަރެން ﷲގެ ނިންމެވުމާމެދު ރުހިގެންވާކަމަށާއި، އެކަލާނގެއާ ބައްދަލުވާނެކަން ޔަޤީންކަމަށާއި، ﷲގެ ޙަޟްރަތުގައިވާ ތަކެތި މާ ރަނގަޅުވެ ދެމިގެންވާކަމަށް އަހަރެން ހެކިވަމެވެ. އޭ ﷲއެވެ! އަހަރެން ޝަހީދުންގެ ތެރެއިން ޤަބޫލުކުރައްވައި، އަހަރެންގެ ކުރީގެ އަދި ފަހުގެ ފާފަތައް ފުއްސަވައި، އަހަރެންގެ ލޭ އަހަރެންގެ މީހުންނާއި އާއިލާއަށް މިނިވަންކަމުގެ މަގު އަލިކޮށްދޭ އަލިކަމަކަށް ލައްވާނދޭވެ!''
ފަލަސްތީނުގެ ވޭންތަކުގެ އަޑު ދުނިޔެއަށް ގެނެސްދިން ހިތްވަރުގަދަ ނޫސްވެރިޔާ އަނަސް އަލް ޝަރީފް، ފޮޓޯ: އަލްޖަޒީރާ
-----------------------------------------
އަނަސް އާއި އެހެން ނޫސްވެރިން ޝަހީދުކޮށްލުމުން އަލްޖަޒީރާ މީޑިއާ ނެޓްވާރކުން ނެރުނު ބަޔާނެއްގައި ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެއީ އަލްޖަޒީރާއިން ބުނެފައި ވަނީ އިސްރާއީލީ އޮކިއުޕޭޝަން ފޯސްއިން ނޫސްވެރިކަމުގެ މިނިވަންކަމަށް އަނެއްކާވެސް ސީދާ އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، އެ ނެޓްވާރކްގެ ކޮރެސްޕޮންޑެންޓުން ކަމުގައިވާ އަނަސް އަލް ޝަރީފް އަދި މުހައްމަދު ޤުރައިޤިއާ އާއި، ފޮޓޯގްރާފަރުންކަމުގައިވާ އިބްރާހިމް އަލް ތާހިރު އަދި މުހައްމަދު ނޮފަލް ޝަހީދުކޮށްލުމަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.
އަލްޖަޒީރާގެ ބަޔާނުގައި ބުނީ، އިސްރާއީލީ އޮކިއުޕޭޝަން ފޯސްއިން ނެރުނު ބަޔާނެއްގައި، އެމީހުންގެ ކުށްތައް ޤަބޫލުކުރަމުން، ނޫސްވެރިންނަށް ހަމަލާދީފައިވަނީ ޣައްޒާގެ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ކުރިމަތީގައި އެމީހުން ތިބި ޓެންޓަށް ސީދާ އަމާޒުކޮށްގެން ކަމަށް ބުނެފައިވެއެވެ. މި ހަމަލާގައި އެމީހުން ޝަހީދުވެގެން ދިޔައެވެ. މި ހަމަލާ އައިސްފައިވަނީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ނުރައްކާތެރި ނަތީޖާތަކުގެ ތެރޭގައި، އާންމު ރައްޔިތުން ޝަހީދުކުރަމުންދާއިރު، ބަނޑަހައިހޫނުކަމަށް މަޖުބޫރުކުރުވައި، މުޅި މުޖުތަމައުތައް ފުނޑުފުނޑުކޮށްލަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ އެންމެ ހިތްވަރުގަދަ ނޫސްވެރިންގެ ތެރެއިން އެކަކު ކަމުގައިވާ އަނަސް އަލް ޝަރީފް އަދި އޭނާގެ އެކުވެރިން ޝަހީދުކޮށްލަން އަމުރުކުރީ، ޣައްޒާ ހިފައި އޮކިއުޕައިކުރުމަށް ކުރަމުންދާ މަސައްކަތް ހާމަކުރަމުންދާ އަޑުތައް ކަނޑުވާލަން އިސްރާއީލުން ކުރާ ނާކާމިޔާބު މަސައްކަތެއްގެ ގޮތުގައިކަމަށް އަލްޖަޒީރާއިން ބުންޏެވެ.
އަލްޖަޒީރާ މީޑިއާ ނެޓްވާރކުން އެންމެ ފަހުގެ ގްރޫޕެއްގެ ގޮތުގައި، ހަނގުރާމައިގެ ފެށުމުން ފެށިގެން ޣައްޒާ އަދި އެތަނުގެ ރައްޔިތުންގެ ހާލަތު ހިތްވަރާއެކު ރިކޯޑުކުރަމުން އައި އެންމެ ރަނގަޅު ނޫސްވެރިންނާ ވަކިވަމުން، އެމީހުން އަމާޒުކޮށް ޝަހީދުކޮށްލުމުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލީ އޮކިއުޕޭޝަން ފޯސް އަދި ސަރުކާރުން ކަމުގައި ދެކޭކަމަށް އަލްޖަޒީރާއިން ބުންޏެވެ. އަދި މިއީ ގިނަ އިސްރާއީލީ އޮފިޝަލުންނާއި ސްޕޯކްސްޕަރސަންސްއިން ހިތްވަރުގަދަ ނޫސްވެރި އަނަސް އަލް ޝަރީފް އަދި އޭނާގެ އެކުވެރިންނަށް އަމާޒުކުރުމަށް ތަކުރާރުކޮށް ގޮވާލުމަށްފަހު އައި ކަމެއްކަމަށް ވެސް ބުނެފަވެއެވެ.
''އަނަސް އަދި އޭނާގެ އެކުވެރިންނަކީ ޣައްޒާގެ އެތެރެއިން، ދުނިޔެއަށް ފިލްޓަރނުކޮށް، ސީދާ ބިމުން ކަވަރޭޖް ދެމުންދިޔަ އެންމެ ފަހު އަޑުތަކުގެ ތެރެއިން ބައެކެވެ. ބައިނަލްއަޤްވާމީ މީޑިއާއަށް ވަނުން މަނާކޮށްފައިވާއިރު، އަލްޖަޒީރާގެ ނޫސްވެރިން ވަށާލެވިފައިވާ ޣައްޒާގައި ތިބެ، އެމީހުންގެ ކެމެރާތަކުން ރިކޯޑުކުރަމުންދިޔަ ބަނޑަހައިހޫނުކަމާއި ވޭންތައް އަމިއްލައަށްވެސް ތަހައްމަލުކުރަމުން ދިޔައެވެ. މެދުނުކެނޑި، ހިތްވަރުގަދަ ލައިވް ކަވަރޭޖްގެ ތެރެއިން، 22 މަސްދުވަހުގެ ތެރޭގައި މެދުނުކެނޑި ބޮންގުޅައި ހަލާކުކުރަމުންދިޔަ ވަގުތުތަކުގައި ކުރިމަތިވި ބިރުވެރި ހާދިސާތަކުގެ ލޮލުން ދުށް ހެކިބަސްތައް އެމީހުން ވަނީ ފޯރުކޮށްދީފައެވެ.'' އަލްޖަޒީރާގެ ބަޔާނުގައި ބުނެފަވެއެވެ.
ސީދާ އަމާޒުކޮށްގެން ދިން ހަމަލާތަކުގައި ގިނަ ނޫސްވެރިން ގެއްލި، އަދި ދާއިމީ ބިރުވެރިކަމެއްގެ ދަށުން މަސައްކަތްކުރަމުންދިޔަ ނަމަވެސް، އަނަސް އަލް ޝަރީފް، މުހައްމަދު ޤުރައިޤިއާ، އަދި އެމީހުންގެ އެކުވެރިން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހަޤީޤަތް ދުނިޔެއަށް ދެއްކުމަށްޓަކައި އެ ސަރަހައްދުގައި ދެމިތިބެ މަސައްކަތްކުރިއެވެ.
މި ނުބައި ކުށްތަކާއި ހަޤީޤަތް ފޮރުވުމަށް އިސްރާއީލީ އޮތޯރިޓީތަކުން ކުރަމުންދާ މަސައްކަތްތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން، އަލްޖަޒީރާ މީޑިއާ ނެޓްވާރކުން ބައިނަލްއަޤްވާމީ މުޖުތަމައު އަދި ކަމާގުޅޭ ހުރިހާ ޖަމްއިއްޔާތަކަށް ގޮވާލާފައި ވަނީ މި ހިނގަމުންދާ ޖަމާއީ މަރުގެ އަމަލުތައް ހުއްޓުވައި، ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. އަލްޖަޒީރާއިން ފާހަގަކުރާ ގޮތުގައި މި ކުށްތައް ކުރާ މީހުންނަށް ދެވޭ އިމިއުނިޓީ އަދި ޖަވާބުދާރީ ނުކުރުވުމުގެ ސަބަބުން އިސްރާއީލްގެ އަމަލުތަކަށް ހިތްވަރު ލިބި، ހަޤީޤަތުގެ ހެކިންނަށް އިތުރު އަނިޔާތައް ކުރުމަށް މަގުފަހިވެގެންދެއެވެ.
ދުޢާއަކީ އަނަސްއާއި ޝަހީދުވި ފަލަސްތީނުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރަށްވައި ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުމެވެ. އިސްރާއީލްގެ ޖައްބާރުކަމާއި އަނިޔާވެރިކަމުން ފަލަސްތީނުގެ ބިމަށް މިނިވަން ރައްކާތެރި ނޭވާއެއް ލެވޭނެ ދުވަހެއް މިންވަރުކުރެއްވުމެވެ. އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!