އިސްރާއީލުން ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިކުރުމަށް މުސްލިމް ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް މިސުރުގައި ބޭއްވުނު މަޝްވަރާތަކަކަށްފަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން ވިދާޅުވެއްޖެއެވެ.

މިސުރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއާ ބައްދަލުކުރެއްވުމަށްފަހު އެލް އަލަމެއިންގައި މިސުރުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް ކޯޕަރޭޝަންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވާ ކަމަށްވެސް ފިދާން ވިދާޅުވިއެވެ.

Ad
rt

ޣައްޒާ ހިފުމަށް އިސްރާއީލުން ނިންމި ނިންމުމަކީ 'އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އަރްދޫއާން ވެސް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއެކު ފޯނުން ކުރެއްވި ވާހަކަފުޅުގައި، ޣައްޒާގެ ހިފުމަށް އިސްރާއީލުން ނިންމި ނިންމުމަކީ 'އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން' ކަމަށް އުރުދުޣާން ވިދާޅުވެފައިވާއިރު، ތުރުކީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރޭޓުން ބުނާ ގޮތުގައި، ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ސަރަޙައްދުގެ އެންމެ ފަހުގެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭގޮތުން ފްރާންސް، ބްރިޓެން އަދި ކެނެޑާއިން ދެއްކި ވާހަކަތަކަކީ އަގުހުރި ވާހަކަތަކެއް ކަމަށް ފާހަގަކުރައްވަމުން، ހުޅަނގުގައި އިސްރާއީލާ ދެކޮޅަށް ފާޑުކިޔުން އިތުރުވަމުންދާކަން އުރްދުޣާން ވަނީ ފާހަގަކުރަށްވާފައެވެ. އަދި މެދުއިރުމަތީ ސަރަޙައްދުގައި ސުލްހަ ޤާއިމުކުރުމަށް ތުރުކީން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީން ވެސް އުރްދުޣާން ވަނީ ދެއްވާފައެވެ.

މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހުކުރުި ދުވަހު ވަނީ ފާސްކޮށްފައެވެ.