ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލުމަށް ބޭނުންކުރި ވަޅި ފުލުހުން ހޯދައިފިއެވެ.

މާވަށުގައި މިއަދު ވަނީ ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް، ނަލަހިޔާ، ލ. މާވަށް ވަނީ މަރުވެފައެވެ.

Ad
rt

ފުލުހުން ބުނީ މޫސާ އިބްރާހީމަށް ހަމަލާދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ވަޅި މޫދުއަޑިން ހޯދާފާވާކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހދ.ނޮޅިވަރަންފަރު/އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ.