ސާބިތު ޚަރަދަށް ފައިސާނުދައްކާ މީހެއްގެ ވަނަވަރު ފެމިލީ ކޯޓުން މިއަދު އާންމުކޮށްފިއެވެ.

ފެމިލީ ކޯޓުން ބުނީ އެމީހާގެ ވަނަވަރު އާންމުކޮށްފައި ވަނީ ސާބިތު ދަރަންޏަށް ފައިސާނުދައްކާތީ އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.

Ad
rt

މިގޮތުން ފެމިލީ ކޯޓުން ވަނަވަރު އާންމުކުރި މީހާ އަކީ އަޙްމަދު ޢަލީ، މާލެ/ދަފްތަރު ނަންބަރު ރސ 2758 އެވެ.

މީނާ އަކީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ މީހެއްކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ދަރިންނަށް ޚަރަދު ނުދިނުމުގެ މައްސަލަ ބޮޑެވެ.